ކޮވިޑް19 އާއެކު އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ވިޔަފާރި ކުރުމުގެ ސަގާފަތަށް ގެނައި ބަދަލެވެ. ފިހާރައަށް ގޮސް ވިޔަފާރި ކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަަފާރި ކުރުމުގެ ނިޒާމަށް ބަދަލުވެއްޖެ އެވެ.
މި ބަދަލަށް ވިޔަފާރިވެރިންވެސް ދަނީ ހޭނެމުންނެވެ. އެގޮތުން ކަލަބޭންކްގެ ވެބްސައިޓް ވެސް ކަސްޓަމަރުންނަށް ފަސޭހަވާނެހެން ބޮޑެތި ބަދަލު ތަކެއްގެނެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
މިއާއެކު ރާއްޖޭގައި އަލަށް އޮންލައިންކޮށް ކުލަގަތުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ.

ކަލަބޭންކުގެ ވެބްސައިޓް ---
ކަލަބޭންކްގެ ވެބްސައިޓުން ގޭގައި ލާނެ ކުލައިގެ އިތުރަށް ކާރު، ސައިކަލު އަދި އެހެނިހެން އޮޓޮމޯޓިވް ގައި ލާނެ ކުލަ އާއި އޮޑި ދޯނި ފަހަރުގައި ލާނެ ކުލަ އަދި ޕޮރެޓެކްޓިވް ކޯޓިންގްސް ވެސް ގޭގައި ތިބެގެން ގަނެލެވޭނެ އެވެ. މީގެ އިތުރުން ކުލަލާން ބޭނުން ކުރާ ފިހި، ރޯލަރު ފަދަ ތަކެއްޗާއި ފްލޯރ ޕެއިންޓް، އެކި ކަހަލަ ސްޕްރޭ ޕެއިންޓް، އަދި ކޮޓަރީގެ ފާރު ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ވޯލްޕޭޕާ ވެސް ވެބްސައިޓް މެދުވެރިކޮށް ގެނެވޭނެ އެވެ.
ކަލަބޭންކުން މާލެ އަދި ހުޅުމާލެއަށް ޑެލިވަރީ ފަށާފައިވާއިރު އަތޮޅު ތެރޭންވެސް ވެބްސައިޓް މެދުވެރި ކޮށް އޯޑަރު ކުރުމުން ދޯންޔާއި ހަމައަށް ޑެލިވަރީ ކޮށްދެ އެވެ.

ކަލަބޭންކުގެ ވެބްސައިޓް ---
ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަލަރ ބޭންކް އިފްތިތާޙްކޮށްފައިވަނީ 1994 ވަނަ އަހަރެވެ.
ކަލަބޭންކް އިން ވިއްކާ ޕްރޮޑަކްޓުތަކުގެެ ތެރޭގައި އެއްގަމު އުޅަނދުތަކުގައި ލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް، މަތިންދާ ބޯޓްތަކަށް އެކްޒޮނޯބެލްގެ އެއިރޯސްޕޭސް ކޯޓިން، ކަނޑު އުޅަނދު ތަކަށް ޖޯޓުން މެރީން، އަދި ގޭތެރެއަށައި އިމާރާތް ތަކުގައި ލުމަށް ޙާއްސަ ޖޯޓުން ޑެކެރޭޓިވް ޕެއިންޓްސް އަދި ކްރައުން ޕެއިންޓްސް ފާހަގަކޮށްލެވެ އެވެ.