އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ތިން ވަނަ ނަސީބުވެރިޔާ ހޮވައިފި

ރޯދަ އަށް ހާއްސަކޮށް އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު އަދި ކަލާ ބޭންކް ގުޅިގެން ކުރިއަށްގެންދާ އެންމެންގެ ރޯދަސޭލްގެ ތިން ވަނަ ނަސީބުވެރިވާ ހޮވައިފި އެވެ.

އޭސް އަދި ކަލާބޭންކުގެ ރޯދަ ޕްރޮމޯޝަނުގައި ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެ އެވެ. ތިންވަނަ ހަފްތާގެ ގުރުއަތުން ހޮވުނު ހަސަން ރިޔާން އަށް އޭސް އިން މިހާރު ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ.

އޭސް ހާޑްވެއާ އަދި ކަލަބޭންކްގެ ފިހާރަތަކުން 300 ރުފިޔާ އިން މަތީގެ ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މިދިޔަ މާޗު މަހު ފެށި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ. މިޕްރޮމޯޝަނުގެ ދަށުން ރޯދަ އަށް ހާއްސަކޮށް ގިނަ އަދަދެއްގެ ސާމާނުގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އޭސް އަދި ކަލަ ބޭންކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ކުރިއަށްދާ ކޮންޓެސްޓު ކާމިޔާބު ކުރާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބޭއިރު، ކަލާ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިނގާ ކޮންޓެސްޓް ކާމިޔާބު ކުރާ ފަރާތަކަށް ވެސް އަގުހުރި އިނާމް ތަކެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު، އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯ ލޯޑް މޯލްޑިވްސް ގުޅިގެންނެވެ.

comment ކޮމެންޓް