"އެންމެންގެ ރޯދަ ސޭލް" ގެ ގްރޭންޑު ޕްރައިޒް ލިބުނު ނަސީބުވެރިޔާ ހޮވައިފި

ގްރޭންޑު ޕްރައިޒުގެ ނަސީބުވެރިޔާ ----

އޭސް ހާޑުވެއާ އާއި ކަލާ ބޭންކުން ކުރިއަށް ގެންދިޔަ "އެންމެންގެ ރޯދަ ސޭލް"ގެ ގްރޭންޑު ޕްރައިޒް ލިބުނު ނަސީބުވެރިޔާ ހޮވައިފިއެވެ..

މި ސޭލްއަކީ އޭސް ހާޑުވެއާ އާއި ކަލާ ބޭންކުން މި އަހަރުގެ ރޯދަމަހާ ގުޅިގެން ހިންގި ސޭލްއެކެވެ.

އެގޮތުން މިގުރުއަތުގައި ބައިވެރިވުމަށް އޭސް ހާޑްވެއާ އާއި ކަލާ ބޭންކުގެ ފަސް ފިހާރަ އިން 300 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރި ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރިއެވެ.

އެގޮތުން މިގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ދޭންނިންމާފައިވާ އިނާމަކީ އެފަރާތެއްގެ މުޅި ބަދިގެ އާކޮށްލުމަށް އެއްލަކަ ރުފިޔާގެ އަގު ހުރި އިނާމެކެވެ.

މިދިޔަ ހަފްތާގައި ގުރުއަތް ނެގި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން މިގުރުއަތުން ހޮވުނު ނަސީބު ވެރި ފަރާތަކީ ސާމިހް އާދަމް (A148753) އެވެ.

ރޯދަމަހު ބޭއްވި ޕްރޮމޯޝަންގެ ދުވަސްތަކުގައި އޭސް ހާޑްވެއާ އާއި ކަލާ ބޭންކުގެ ފޭސްބުކް ޕޭޖްގައި ވެސް ޚާއްސަ މުބާރާތްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.

އޭސް ހާޑްވެއާ އާއި ކަލާ ބޭންކްގެ ފޭސްބުކް ޕޭޖްގައި ކުރިއަށް ގެންދިޔަ މި މުބާރަތްތައް ކާމިޔާބު ކޮށްފައިވާ މީހުންނަށް ވެސް އަގުހުރި އިނާމްތަކެއް ލިބުނެވެ.

comment ކޮމެންޓް