މޫސުން ގޯސްވުމުން ސިފައިންގެ ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފި

މީގެ ކުރިން ބޭއްވި ޝަރަފުގެ ހިނގާލުމެއްގައި ސިފައިންގެ ލަޝްކަރު-- ސަން ފައިލް ފޮޓޯ

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޝަރަފުގެ ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ.

އެމްއެމްޑީއެފުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލް ކުރި ސިފައިންގެ ޝަރަފުގެ ހިނގާލުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. ޝަރަފުގެ ހިނގާލުން ދެން ބާއްވާނެ ސީދާ ދުވަހެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން މީގެކުރިން ނިންމާފައި ވަނީ އެ މުއައްސަސާގެ 124ވަނަ އަހަރީ ދުވަހުގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު 4:40ގައި ހުޅުމާލޭގައި ފަށާ ގޮތަށެވެ.

comment ކޮމެންޓް