އަޖީއެމްއެޗު 25 ބުރީގެ އިމާރާތުގެ އެޑްވާންސުގެ ގޮތުގައި 14 މިލިއަން ޑޮލަރު ދައްކައިފި

ފިނޭންސް މިނިސްޓަރު ޖިހާދު -- ސަން ފައިލް ފޮޓޯ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެ ޕްރޮޖެކްޓްގެ އަގުގެ 10 ޕަސެންޓް ނޫނީ 14 މިލިއަން ޑޮލަރު (215.88 މިލިއަން ރުފިޔާ) އިއްޔެ ދިވެހި ސަރުކާރުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އަށް ވިދާޅުވީ ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏާ ހަވާލު ކުރި އެ މަޝްރޫއުގެ ފުރަތަމަ ޕޭމަންޓް އިއްޔެ ދެއްކީ އެގްރީމެންޓުގައިވާ ގޮތުގެ މަތީން ކަމަށެވެ. އަދި މިހާރު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޭޝަނަލް ޑަޔަގޮނަސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އަޅާ އެ އިމާރާތުގެ މަސްކަތް ސިންގަޕޫރުގެ ކުންފުންޏާ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހަވާލު ކުރީ، 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) އަށެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މަޝްރޫއުގައި 25 ބުރީގެ އިމާރާތެއްގެ އިތުރުން 10 ބުރީގެ އިމާރާތެއް ވެސް ހިމެނޭނެ ކަމަށެވެ.

comment ކޮމެންޓް