ކޫއްޑޫ އެއާޕޯޓްގެ ލައިޓްތައް ނިވިގެން އެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފި

ގއ. ކޫއްޑޫ: ކޫއްޑޫ އެއާޕޯޓްގެ ރަންވޭގެ ލައިޓްތައް ނިވުމުގެ ސަބަބުން އެތަން ވަނީ ވަގުތީގޮތުން ބަންދުކޮށްފައި --

ގއ. ކޫއްޑޫ އެއާޕޯޓްގެ ރަންވޭގައިވާ ނެވިގޭޝަނަށް ބޭނުންކުރާ ލައިޓްތައް ނިވިގެން އެ އެއާޕޯޓް މިރޭ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ލައިޓްތައް ނިވުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

ލައިޓްތައް ނިވި، އެއާޕޯޓް ބަންދުކުރުމުން އެ އާޕޯޓަށް މިރޭ ދިއުމަށް ހަމަޖެހިފައި އޮތް ދެ މަތިންދާބޯޓް މިރޭ ޖައްސަން ހަމަޖެހިފައި ވަނީ ގދ. ކާޑެއްދޫ އެއާޕޯޓަށެވެ.

ކޫއްޑޫ އެއާޕޯޓްގެ ލައިޓްތައް ރަނގަޅުކޮށް އަލުން ދިއްލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް