ގެސްޓް ރިވިއު އެވޯޑު ސަން ސިޔާމް ރިސޯޓްސް އަށް

ސަން އެކުއާ ވިލު ރީފް، ސަން ސިޔާމް އިރުފުށި ރިސޯޓު އަދި އޮޅުވެލި ރިސޯޓަށް ވަނީ ބުކިން ޑޮޓްކޮމް އިން ހޮވާ ގެސްޓު ރިވިއު އެވޯޑު ލިބިފައި

ބުކިން ޑޮޓްކޮމް އިން ކޮންމެ އަހަރަކު ވެސް ދޭ ގެސްޓް ރިވިއު އެވޯޑު، ސަން އެކުއާ ވިލު ރީފް، ސަން ސިޔާމް އިރުފުށި ރިސޯޓް އަދި އޮޅުވެލި ރިސޯޓަށް ލިބިއްޖެ އެވެ.

ބުކިން ޑޮޓްކޮމް މެދުވެރިކޮށް، މިދިޔަ އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ހިޔާލު ހޯދައިގެން އެވޯޑު ދީފައި ވަނީ ޕޮއިންޓުގެ އަދަދަށް ބަލައިގެންނެވެ.

އެގޮތުން އިރުފުށި ރިސޯޓަށް 8.7 ޕޮއިންޓު ލިބިފައިވާ އިރު، ވިލުރީފަށް ލިބިފައި ވަނީ 8.2 ޕޮއިންޓެވެ. އޮޅުވެލި ރިސޯޓަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. މިއީ އޮޅުވެލި ރިިސޯޓު އެ އެވޯޑު ހޯދި ދެވަނަ ފަހަރެވެ.

ސަން އެކުއާ ވިލު ރީފް، ސަން ސިޔާމް އިރުފުށި ރިސޯޓު އަދި އޮޅުވެލި ރިސޯޓަށް ވަނީ ބުކިން ޑޮޓްކޮމް އިން ހޮވާ ގެސްޓު ރިވިއު އެވޯޑު ލިބިފައި

އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ފުރިހަމަ 10 ޕޮއިންޓާ އެކު އެއް ވަނަ ހޯދާފައި ވަނީ ސަނީ މިލް ފާރމް ސްޓޭ އަށެވެ.

ވެބްސައިޓުގައި ބުނެފައި ވަނީ 2015 ވަނަ އަހަރު ފަތުރުވެރިންގެ ރިވިއުތަކަށް ބަލައި، އަށް ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު ހުރިހާ ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް އެވޯޑު ދީފައިވާ ކަމަށެވެ.

comment ކޮމެންޓް