މެލޭޝިއާ ބަލިކޮށް ރާއްޖޭގެ ވޮލީ ޓީމް ތިން ވަނަ ހޯދައިފި

ސައުތު އޭސިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމް ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފައިލް ފޮޓޯ/ ވީއޭއެމް

މެލޭޝިއާގައި މިހާރު ކުރިއަށްދާ ދާތުކް ބަންޑަރަ އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި މެލޭޝިއާގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ރާއްޖެއިން މުބާރަތުގެ ތިން ވަނަ ހޯދައިފިއެވެ.

މުބާރާތުގައި ތިން ވަނަ ހޯދި މެޗްގައި ރާއްޖެއާ މެލޭޝިއާ ވާދަ ކުރީ ގަދަ ހަތަރު ޓީމުގެ ތެރެއިން ތިން ވަނަ އާއި ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ.

މެޗަށް ނިކުތް އިރު ރާއްޖެ އޮތީ ހަތަރު ވަނައިގައެވެ.

މިއަދުގެ މެޗްގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-21 ންނެވެ. ދެ ވަނަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު އެ ސެޓުން ރާއްޖެ މޮޅުވީ، 27-25 ންނެވެ. އަދި ތިން ވަނަ ސެޓް ކާމިޔާބުކުރީ 25-19 އިންނެވެ.

މިއަދުގެ މެޗްގައި މެލޭޝިއާގެ މައްޗަށް ކާމިޔާބު ހޯދިއިރު ރާއްޖެ ވަނީ ގުރޫޕް ލީގް އުސޫލުން ކުޅުނު ބުރުގައި މެލޭޝިއާއަތުން ތިން ސެޓް ދެ ސެޓުން ބަލިވެފައެވެ.

comment ކޮމެންޓް