މެލޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ހަތަރު ވަނަ މެޗުން ހޮންކޮންގެ މައްޗަށް 3-1 ސެޓުން ކާމިޔާބު ހޯދައިފިއެވެ.
މިހާތަނަށް މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ދިވެހި ޓީމުން މިއަދު ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ.
ދެ ވަނަ ސެޓް 25-13 އިން ކާމިޔާބު ކުރިއިރު، ހޮންކޮން އިން ތިނަ ވަނަ ސެޓް ކާމިޔާބު ކުރީ 25-20 އިންނެވެ.
އަދި ރާއްޖެއިން ހަތަރު ވަނަ ސެޓް ކާމިޔާބު ކުރީ 25 16 އިންނެވެ.
ރާއްޖެ މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ.