"ނޭނގި ޔާރު ވަކިވީ"ގެ ފުރަތަމް ޝޯ ފުލް، މިއަދު ހަތަރު ތާކުން ޓިކެޓު ލިބޭނެ

" ނޭނގި ޔާރު ވަކިވީ"ގެ ޕޯސްޓަރެއް -- ފޮޓޯ އެފްބީ

ތިނެސްކަން ލޯބީގެ ހިތާމަވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ހުސައިން މުނައްވަރު ޑައިރެކްޓްކުރާ ދިވެހި ފިލްމް "ނޭނގި ޔާރު ވަކިވީ"ގެ ފުރަތަމަ ޝޯގެ ޓިކެޓް ހައުސްފުލް ވެއްޖެ އެވެ.

މާޗު ހަތަރެއްގައި ދައްކަން ފެށުމަށް ހަމަޖެހިފައިވާ ނޭނގި ޔާރު ވަކިވީ ފިލްމުގެ ޑައިރެކްޓަރު މުނައްވަރު 'ސަން' އަށް ބުނީ "ފުރަތަަމަ ޝޯ މިހާރު ހައުސްފުލްވެފައި"ވާ ކަމަށެވެ. އަދި މިއަދު ހަތަރަކުން އިރުއޮއްސި ހަޔަކަށް މާލޭގެ ތިން ސަރަހައްދަކުން އަދި ވިލިމާލެ އިން ފިލްމުގެ ތިން ވަނަ ޝޯއާއި ހަތަރު ވަނަ ޝޯގެ ޓިކެޓް ލިބެމުންދާނެ ކަމަށް މުނައްވަރު ބުންޏެވެ.

"މިއަދު މާލޭގައި ރަސްފަންނު ބީޗު ސަރަހައްދުންނާއި، ކުޑަކުދިންގެ ބަގީޗާ ކައިރިން އަދި އޮލިމްޕަހުން ފިލްމުގެ ޓިކެޓް ގަންނަން ލިބޭނެ. ޓިކެޓެއް ވިއްކަނީ 100 އަށް،" މުނައްވަރު ބުންޏެވެ.

ފިލްމުގެ ބަތަލާއެއްގެ ރޯލު މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރިޝްފާ އަދާކޮށްފައިވާ އިރު، ފިލްމުގެ ތަރިންގެ ތެރޭގައި އަޒްމީލް، ޖުމާ އަދި އަލަށް ތައާރަފްވާ ތަރިއެއްކަމަށްވާ މަލް ހިމެނޭނެ ކަމަށް މުނައްވަރު ބުންޏެވެ.

ނޭނގި ޔާރު ވަކިވީގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ ލަންކާގައި ކަމަށް ޕްރޮޑަކްޝަން ޓީމުން ބުންޏެވެ.

comment ކޮމެންޓް