ބްލެޓާ އާއި ޕްލެޓްނީ ހުށަހެޅި އެޕީލް މައްސަލަ ކާމިޔާބެއް ނުވި

ޔުއެފާގެ ރައީސް(ކ) ޕްލެޓްނީ އަދި ފީފާގެ ރައީސް(ވ) ބްލެޓާ --- ފޮޓޯ:ސްކައި ސްޕޯޓްސް

ފުޓްބޯޅައިގެ ހުރިހާ ހަރަކާތް ތަކަކުން އަށް އަހަރަށް ސަސްޕެންޑް ކޮށްފައިވާ ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް މިޝޭލް ޕްލެޓީނީގެ ސަސްޕެންޝަން އުވާލުމަށް ކުރި އެޕީލް ނާކާމިޔާބް ވެއްޖެއެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާކާއި ގުޅިގެން އަށް އަހަރަށް ސަސްޕެންޑްކޮށްފައިވާ އެ ދެބޭފުޅުންގެ ސަސްޕެންޝަން އުވާނުލިނަމަވެސް ފީފާގެ އެޕީލް ކޮމިޓީން ވަނީ އެ އަދަބު ލުއިކޮށްދީފައެވެ.

މައްސަލައިގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު އެޕީލް ކޮމިޓީން ނިންމީ ސަސްޕެންޝަން ބާތިލްނުކޮށް، ލުއި ކޮށްދޭށެވެ. އެގޮތުން އަށް އަހަރުން ދެ އަހަރު އުނިކޮށް ސަސްޕެންޝަން ވަނީ ހަ އަހަރަށް ކުޑަކޮށްދީފައެވެ.

ފީފާގެ އެތިކްސް ކޮމެޓީން ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކޮށްފައި ވަނީ 2011 ވަނަ އަހަރު ފީފާގެ ބަޖެޓުން ބްލެޓާ، ޕްލެޓިނީ އަށް 1.34 މިލިއަން ޕައުންޑު ދޫކޮށްފައި ވަނީ ފީފާއަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް ކަމަށް ތަހްގީގުތަކުން ސާބިތުވާތީވެ ކޯޓުން ހުކުމް ކުރުމުން ކަމަށެވެ.

އެ މައްސަލަ ބަލަން ފެށުމާއެކު ބްލެޓާ ވަނީ ފީފާގެ ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމައިފަ އެވެ. އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބަށް ހަ ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު އެންމެ ބޮޑަށް ވާދަކުރަނީ ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އާއި ފީފާގެ ކުރީގެ ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސައިނެވެ.

comment ކޮމެންޓް