ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ފޮޓޯ އާންމުކޮށްފި

ކުޑަކުއްޖަކަަށް ޖިންސީ ހާއްނިއްކަ ކުރި މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުންދާ ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝަފިކް (34އ)-- ފޮޓޯ: ޕޮލިސް

ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކުރި މައްސަލައެއްގައި ބަނގުލަދޭޝް ރައްޔިތަކު ހޯދުމަށް ފުލުހުން އެމީހާގެ ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝަފިކް (34އ) އަކީ، ފުލުހުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

ޝަފިކްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް، މޯލްޑިވްސް ޕޮލިސް ސަވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރުން އެދޭކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް