އޭސީ ދެ ފެރީގެ ދަތުރުތައް އަންނަ ހަފްތާގައި ފަށަނީ

ޑަބަލް ޑެކް ފެރީގައި ބަޔަކު ދަތުރުކުރަނީ-- ސަން ފައިލް ފޮޓޯ

ހުޅުމާލެ އާއި މާލެއާ ދޭތެރޭގެ ދަތުރުތައް ކުރުމަށް އަލަށް ތައާރަފްކުރާ އޭސީ ކޮށްފައިވާ ދެ ފެރީގެ ދަތުރުތައް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ކުރިން ބުނެފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެދެ ފެރީގެ ދަތުރުތައް މާލެ އާއި ހުޅުމާލެއާ ދެމެދު ފައްޓާނެ ކަމަށެވެ.

ނަމަވެސް އެމްޓީސީސީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އޭސީ ދެ ފެރީގެ ދަތުރުތައް ފެއްޓޭނީ އަންނަ ހަފުތާގައި ކަމަށެވެ.

އެމްޓީސީސީ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޑަބަލްޑެކް ފެރީއެއް ވެސް ތައާރަފްކޮށްފަ އެވެ.

ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޓީސީސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް