ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހުކުރު ދުވަހު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އިސްމާޢީލް ޙަމީދެވެ.

އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އަލްފާޟިލް އަބްދުﷲ ޒިޔާދެވެ.

ދިއްދޫގައި ތަރައްގީ ކުރާ އެއާޕޯޓުގައި ހިމެނެނީ:

  • 1500 މީޓަރުގެ ރަންވޭ
  • 60،939 އަކަމީޓަރުގެ އަސްފަލްޓް އޭރިއާ
  • 4،550 މީޓަރުގެ ޕެރިމީޓާ ފެންސް
  • ޕެސެންޖާ ޓާމިނަލް ބިލްޑިން
  • ފަޔާ ލައިޓިން ސިސްޓަމް

ދިއްދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަޝްރޫއަކީ 257.21 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވައުދުވެ ވަޑައިގަތެވެ.

މީގެ އިތުރުން ދިއްދުއަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންކަމުގެ ތެރޭގައި އާ ހޮސްޕިޓަލެއް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމަށް އިސްކަންދިނުމުގެ އިތުރުން، ރަށުގައި ކުޅިވަރު ވަސީލަތްތައް ވެސް ގާއިމްކުރުން ހިމެނެއެވެ.

comment ކޮމެންޓް