ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ވޯލްކޭ 12 އަހަރަށް ސަސްޕެންޑްކޮށްފި

ފީފާގެ ސެކްރެޓްރީ ޖެނަރަލް ޖޯރާމް ވޯލްކޭ: އޭނާ ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން 12 އަހަރަށް ސަސްޕެންޑްކޮށްފައި --- ފައިލް ފޮޓޮ

ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޖޯރާމް ވޯލްކޭ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން 12 އަހަރަސް ސަސްޕެންޑްކޮށްފިއެވެ.

ފީފާގެ 'މިނިވަން އެތިކްސް ކޮމިޓީ'އިން ވޯލްކޭ ސަސްޕެންޑް ކުރީ ވޯލްޑްކަޕް ޓިކެޓް ވިއްކުމުގައި ނާޖާއިޒު ފައިދާ ހޯދާފައިވާކަން އޭނާގެ މައްޗަށް ސާބިތުވެފައިވާތީއެވެ.

އަދި މި މައްސަލައިގެ ތަހްގީގު ކުރަމުންދިޔައިރު އެހެން މައްސަލަތަކެއްވެސް ފާހަގަ ކުރެވިފައި ވާކަން އެތިކްސް ކޮމިޓީއިން ބުނެއެވެ. އެގޮތުން ފީފާގެ ދަތުރު ތަކުގައި ދޭ، ދަތުރު އިނާޔަތް އިތުރަށް ހޯދާފައިވުމާއި ފީފާގެ ސެކްރެޓަރީ ޖެނެރަލް މަގާމުގައި ހުރެ ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމުގެ ދައުވާ ހިމެނެއެވެ.

ވޯލްކޭ ބާރަ އަހަރަށް ސަސްޕެންޑް ކުރުމުގެ އިތުރަށް 100،000 ސްވިސް ފްރޭންކު (އެއްމިލިއަން ހަ ލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ވިހި ރުފިޔާ) އިން ޖޫރިމަނާ ކުރުމަށްވެސް ފީފާގެ އެތިކްސް ކޮމިޓީއިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް