100 މީޓަރު ދުވުމުން ސާއިދު ރިހި މެޑަލް ހޯދައިފި

ސާއިދު

ސައުތު އޭސިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ރިހި މެޑަލް ހޯދައިފި އެވެ.

އިންޑިއާގެ ގުވާހަޓީގައި ކުރިއަށްދިޔަ 100 މީޓަރު ދުވުމުން ސާއިދު އަށް ދެ ވަނަ ލިބުނު އިރު އެ އިވެންޓުން އެއްވަނަ ހޯދައި ރަންމެޑަލް ހޯދީ ސްރީ ލަންކާގެ އިޝާން ހިމާޝާ އެވެ.

އޮގަސްޓް މަހު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް 100 މީޓާރު ދުވުމުން ރަންމެޑަލް ހޯދާފައިވާ ސާއިދު ސައުތު އޭސިއަން ގޭމްސްއަށް އައީ ވެސް ތަމްރީންތަކެއް ފުރުހަމަ ކުރުމަށްފަހުގަ އެވެ.

ސާއިދުގެ އެ މަޑަލްއާއެކު މި މުބާރާތުގެ އިންޑިވިޖުއަލް އިވެންޓަކުން ރާއްޖެ އަށް ފުރަތަމަ މެޑަލެއް ހޯދައިދިން އެތުލީޓަކަށް އޭނާ ވަނީ ވެގެން ގޮސްފައެވެ.

comment ކޮމެންޓް