ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ކަރަންޓު އަލި ކަމެއްނެތި ކެފޭއެއް ހިންގަނީ-- ސަން ފައިލް ފޮޓޯ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ދާދި ދެންމެ އަކު ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައުފް ސަން އަށް މިރޭ ވިދާޅުވީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނެއް ނިވިގެން ހުޅުމާލޭ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ކަރަންޓް ދެވިގެންދާނެ ކަމަށް ރައޫފު ވިދާޅުވިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި ހުޅުމާލޭގެ ފަސްބައިކުޅަ އެއްބައިން ވަނީ ކަރަންޓު ކެނޑިފައެވެ.

comment ކޮމެންޓް