ބަޚްރޭން ބަލިކޮށް ގޯލްޑްކަޕްގެ ޗެމްޕިއަންކަން ނޭޕާލްއިން ހޯދައިފި

ބަންގުބަންދު ގޯލްޑްކަޕްގައި ރާއްޖެ އާއި ނޭޕަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އިމޭޖަސް.އެމްވީ

ބްންގަލަދޭޝްގައި ކުރިއަށް ދިޔަ ބަންގުބަންދު ގޯލްޑްކަޕްގެ ޗެމްޕިއަންކަން ބަޚްރޭންގެ 23 އަހަރުން ދަށުގެ ޓީމް ބަލިކޮށް 0-3 ގެ ނަތީޖާ އަކުން ނޭޕާލް އިން ހޯދާފިއެވެ.

ޑާކާގެ ބަންގަބޮންދު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ފުޓްބޯޅަ އެއް ފެނުނު އިރު ފުރަތަމް ގޯލު ފުރަތަމަ ހާފްގެ ފަސް ވަނަ މިނެޓްގައި ފެނިގެން ދިޔައީ ބިމާލް މަގަރު ގެ ފަރާތުންނެވެ.

އެ މެޗުގައި ބްޙްރޭން އިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ ދެވެނަ ހާފްގެ ކުރީ ކޮޅުގައެވެ. އެގޮތުން ނޭޕާލް ޕެންލަޓީ އޭރިއާ ކުރިމަތީގައި ހުރެ ބްޚްރޭން ކުޅުންތެރިއަކު ފިނުވާލި ބޯޅަ ނޭޕާލުގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.

ދެވަނަ ހާފްގައި ނޭޕާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަޔަ އިރު އެޓިމޫން ކާމިޔާބް ކުރި އަނެއް ދެ ގޯލު ފެނިގެން ދިޔައީ މެޗުގެ ފަހު ފަސް މިނެޓް ތެރޭގައެވެ.

ނޭޕާލުގެ ދެވަނަ ގޯލު 87 ވަނަ މިނެޓްގައި ބިޝާލް ރާއި ކާމިޔާބް ކުރީ ބަޚްރޭން ޕެނަލްޓީ އޭރީއާ ތެރެއިން އެ ޓީމުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ނޭޕާލުގެ އަންޖަން ބިސްޓާ ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނޭޕާލުގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތަގައި ކާމިޔާބް ކޮށްދިނީ ހަތަރު ގޯލާއި އެކު އެންމެ ގިނަ ގޯލު ކާމިޔާބް ކޮށް ރަންބޫޓް ހޯދި ނަވަޔުގް ޝްރެސްތާ އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ބަޚްރޭން ގެ ގޯލު ކީޕަރު ބޯޯޅަ ހޯދުމަށް ނިކުއިން ވަގުތު ނޭޕާލްގެ ބިމާލް މަގަރު ހުރަސް ކޮށްލި ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ފަހު ދިހަ މިނެޓަގައި ތިން ރަތް ކާޑެއް ފެނިގެން ދިޔައިރު ބޯޅަ ނެތި ފައުލު ކުރުމާއި ގުޅިގެން ނޭޕާލްގެ ސޫމަން ލާމާ އާއި ބަހްރޭންގެ އަލް ތަވާއީ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި ބަޚްރޭންގެ އަބްދުލް އަޒީޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ދެ ރީނދޫ ކާޑާއި އެކު ރަތް ކާޑެއް ދައްކައި އޭނާ ވެސް ދަނޑުން ފޮނުވާލާފައެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗުބަލަން ވަތް އެ މެޗުގެ ޗެމްޕިއަންކަން ހޯދި ނޭޕާލް ޓީމަށް ޓްރޮފީ އާއި ފަންސާސް ހާސް އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ބްންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ އެވެ.

comment ކޮމެންޓް