ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ ޕީޕީއެމްއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީޙުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ މިރޭ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ޝަހުދީ ޕީޕީއެމްއަށް ގުޅިވަޑައިގަތީ މިރޭ ޕީޕީއެމް އާއި އެމްޑީއޭއިން ބޭއްވި ޖަލްސާގައެވެ. ޝަހުދީއަށް މަރުހަބާ ދެއްނެވީ ޕީޕީއެމްގެ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުއެވެ.

ޝަހުދީ ޕީޕީއެމްއާއި ގުޅިވަޑައިގަތުމާއެކު ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 45 އަރާފައެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދަކީ 10 އެކެވެ. ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ކަމަށްވާ މުޙައްމަދު މުބީނާއީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ މުޙައްމަދު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

comment ކޮމެންޓް