އަމަލީ މައިދާނުގައި އަންހެނުން ބާރުވެރިވެރި ކުރުވައި މަތީ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރި ވުމާ ގުޅޭ ގޮތުން އިކޮނޮމިސްޓެއް ކަމަށްވާ ޑރ. ޕްރަޖަޕަތީ ތްރިވޭދީ މައުލޫމާތު ދިނުމުގެ ސެޝަނެއް ދީފި އެވެ.
ސެމީ ޑީލް ބިލްޑިންގައި ރޭ ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނަކީ ވިމެން އޮން ބޯޑްސް (ވޮބް) މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އެ ޖަމިއްޔާގެ މެމްބަރުންނަށް ބޭއްވި ސެޝަން އެކެވެ.
އެ ސެޝަންގައި ވޮބްގެ ރައީސާގެ އިތުރުން އެކި މެމްބަރުންނާއެކު ޖުމްލަ 11 މެމްބަރުން ވަނީ ބައިވެރިވެފައެވެ.
އަންހެނުން ބާރުވެރި ކުރުމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން--- ސަން ފޮޓޯ: އަބްދުﷲ ހާފިޒް
މިރޭގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ތްރިވޭދީ ވިދާޅުވީ އަމަލީ މައިދާނުގައި ފިރިހެނުންނާއި އަންހެނުން އެއް ހަމައެއްގައި ބަލައިގަނެ އަންހެނުން ބާރުވެރި ކުރުވުމަކީ ޓެކްނިކަލް މައްސަލައެއް ނޫން ކަމަށެވެ.
"ވަޒީފާތަކުގެ މަތީ މަގާމުތައް އަންހެނުންނަށް ނުލިބުމާއި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުވުމަކީ ޓެކްނިކަލް މައްސަލައެއް ނޫން. ޓެކްނިކަލް މައްސަލައެއް ނަމަ އެ މައްސަލައަކީ އެހެން ފަރާތެއް ކައިރީ ބުނެގެން ހައްލު ކުރެވޭނެ މައްސަލައެއް. ނަމަވެސް އަންހެނުން ބާރުވެރި ކުރުވުމަކީ ޓެކްނިކަލް މައްސަލައެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އެގޮތުން އެފަދަ މައްސަލަތަކަކީ "އިމޯޝަނަލް" މައްސަލައެއް ކަމަށާއި އެކަމުގެ ފަހަތުގައި ސަގާފަތާއި އާދަކާދަ އިސްރޯލެއް ކުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވި ސެޝަންގައި ވޮބްގެ ފަރާތުން ތްރިވޭދީ އަށް ވަނީ އެ ޖަމިއްޔާގެ އޮނޮރަރީ މެމްބަޝިޕްކަން ހަވާލުކޮށްފަ އެވެ.

ތްރިވޭދީ އަށް އޮނޮރަރީ މެމްބަޝިޕްކަން ހަވާލުކުރަނީ --