ވިމެން އޮން ބޯޑްގެ "ބެސްޓް ޔަންގް ޕްްރޮފެޝަނަލް އެވާޑް" ސަންގެ މިންހާއަށް

"ބެސްޓް ޔަންގް ޕްްރޮފެޝަނަލް އެވޯޑް" ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިންގް އަދި ޕްރޮގްރާމްސްގެ ހެޑް މިންހާ ފާއިޒްއަށް އަރުވަނީ -- ސަން ފޮޓޯ/ އަލީ ޝާމިން

އަންހެނުން ކުރިއަރުވައި އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ ޖަމިއްޔާ، ވިމެން އޮން ބޯޑުގެ "ބެސްޓް ޔަންގް ޕްްރޮފެޝަނަލް އެވޯޑް" ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒު (މިންނު)އަށް ލިބިއްޖެ އެވެ.

މިއަހަރަށް ހާއްސަކޮށްގެން ދިން އަހަރީ އެވޯޑްތަކުގެ ތެރެއިން "ބެސްޓް ޔަންގް ޕްްރޮފެޝަނަލް އެވޯޑް" މިންހާއަށް ލިބުނީ ޅައުމުރުގައި ގިނަ ދާއިރާތަކަކުން ހިދުމަތްކޮށްފައިވާތީ ކަމަށް ވިމެން އޮން ބޯޑުން ބުންޏެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި އެވޯޑު ދިނުމުގެ ހަފްލާގައި "ޔަންގް ޕްރޮފެޝަނަލް އެވޯޑް" ހާސިލް ކުރި މިންހާ ވަނީ ސަން މީޑިއާ ގުރޫޕުން ހިންގާ ގިނަ ކަންކަމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. ސަންޓީވީގެ ޕްރޮގްރާމްސްގެ ހެޑްގެ މަގާމު ވެސް އަދާކުރާ މިންހާގެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ސަންއިން ކުރިއަށް ގެންދިޔަ 'ސަން ރަށަށް" ޕްރޮގްރާމް ޑިޒައިންކޮށް ކޯޑިނޭޓް ކުރުމާއި ސަންއިން ކޮންމެ އަހަރަކު ނެރެމުން އަންނަ ވާހަނދާނަކުން ސީރީސް ޕްރޮޑިއުސް ކުރުމުގެ އިތުރުން ވެސް "ސަން"އިން ހިންގާ އިޖުތިމާއީ ހަރަކާތްތަށް ވެސް ލީޑު ކުރެ އެވެ.

ސަން މީޑިއާ ގުރޫޕުގެ ޖެނެރަލް މެނޭޖަރުގެ އިތުރުން މިންހާ އަންނަނީ އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަމުންނެވެ. އެގޮތުން ޕާޓީތަކާއި ކައިވެނީގެ ހެދުންތައް ފެހުމާއި ޑިޒައިން ކުރުމަށް މަޝްހޫރު "ޑްރީމްސް ބައި މިއްނު"އަކީ މިންހާގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ފިހާރަ އެވެ.

މިންހާއަށް ވަނީ ރޯޔަލް އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަން ސިންގަޕޯގެ ސީނިއާ މެމްބަރުކަން މިއަހަރު ލިބިފަ އެވެ.

comment ކޮމެންޓް