އަންހެނުން ކުރިއަރުވައި އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ ޖަމިއްޔާ ވިމެން އޮން ބޯޑު (ވޮބް)އިން އަންހެނުންގެ އަގުވަޒަންކޮށް ގިނަ އެވޯޑްތަކެއް ދީފި އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ރޭ ކުރިއަށްދިޔަ ހާއްސަ ހަފްލާގައި ގިނަ ދާއިރާތަކަކުން މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަންކޮށް ވަނީ އެވޯޑްތަކެއް ދީފަ އެވެ. އެގޮތުން އެންމެ ކުޅަދާނަ، ހުނަރުވެރި އަންހެން ޗެއާޕާސަން އާއި އެންމެ ކުޅަދާނަ އަންހެން ސީއީއޯގެ އިތުރުން އެންމެ ހުނަރުވެރި އަދި މޮޅު އަންހެން މެނޭޖަރު ފަދަ މަގާމުތައް ވަނީ ހޮވާފަ އެވެ.
ވޮބްގެ އެވާޑް ހާސިލް ކުރި ފަރާތްތައް
- ބެސްޓް އަންހެން ޗެއާޕާސަން - އިބްތިޝާމް އަހުމަދު ސައީދު (އެމްޓީޑީސީ ޗެއާޕާސަން)
- ބެސްޓް އަންހެން ސީއީއޯ ޕްރައިވެޓް ސެކްޓާ- ޑރ. މަރިޔަމް ޝަކީލާ (އެސްއައިއެމްޑީއޭ ގުރޫޕް ސީއީއޯ)
- ބެސްޓް އަންހެން ސީއީއޯ، ޕްރައިވެޓް ސެކްޓާ - އައިޝަތި ޝިފާނާ ވަޖީހު (ހީޓްގެ ސީއީއޯ)
- ބެސްޓް އަންހެން މެނޭޖަރު - ޖުވޭރިޔާ ވަޖުދީ (ޖުވޭސް ކެފޭގެ ކޯ އޯނަރު)
- ބެސްޓް އަންހެން މެނޭޖަރު - އައިޝަތު އިބްރާހިމް (ސްޓައިލްސް އެންޑް ޕްރޮފައިލް ސެލޫންގެ މެނޭޖަރު)
- ބެސްޓް ޔަންގް ޕްރޮފެޝަނަލް - ޝިދާތާ ޝަރީފް (އިންސްޓިޓިއުޓް އޮފް ކައުންސިލިންގް އެންޑް ސައިކޯތެރަޕީގެ މެނޭޖިންގް ޑިރެކްޓަރު)
- ބެސްޓް ޔަންގް ޕްރޮފެޝަނަލް - މިންހާ ފާއިޒް ރަޝާދު (ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިންގް ސަން މީޑިއާ ގުރޫޕު)
- ބެސްޓް ޔަންގް ޕްރޮފެޝަނަލް - އާއިޝަތު ޝިމްލާ ( އެމްއާރުޑީސީގެ ބޯޑް ޑިރެކްޓަރު)
- ބެސްޓް ޔަންގް ޕްރޮފެޝަނަލް - އައިމިނަތު ޒޫނާ ( ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ އާކިޓެކްޓް)
- ބެސްޓް ޔަންގް ޕްރޮފެޝަނަލް - ފާތިމަތު މިޒްނާ އަލީ ( ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ އާކިޓެކްޓް)
- ބެސްޓް ޔަންގް ޕްރޮފެޝަނަލް - އާއިޝަތު ޝަމާހާ - ( ޕްރައިވެޓް އެޑިއުކޭޓާ)
ވިމެން އޮން ބޯޑުގެ މެމްބަރު ފާތިމަތު ޝަފީގާ ވިދާޅުވީ އެ އެވޯޑަކީ އަންހެނުންގެ ތެރެއިން މުޖުތަމައުއަށް އެކި ދާއިރާތަކުން ހިދުމަތްކުރާ އަންހެނުންގެ އަގުވަޒަންކޮށް ދޭ އެވޯޑެއް ކަމަށެވެ.