ލެސްޓާގެ ވާޑީ ރެކޯޑް ހެދި އިރު ސިޓީ މޮޅުވެ އެއްވަނަ އަށް އަރައިފި

ލެސްޓާ ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗްގައި ލެސްޓާ ގެ ވާޑީ ރެކޯޑް ހެދި ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކަރަނީ --- ފޮޓޯ:އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައި ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ ރެކޯޑެއް ހެދިއިރު ސައުތުހެމްޓަން އަތުން 3-1 އިން މޮޅުވެ ލީގުގެ އެއް ވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

ސިޓީ އެއް ވަނަ އަށް އެރީ 29 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އަތުން ލިބުނު ޕޮއިންޓާ އެކު ލެސްޓާ އަށް ވެސް 29 ޕޮއިންޓް ލުބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބުނީ ސިޓީ އަށެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެވެ.

ލެސްޓާ ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗްގައި ޔުނައިޓެޑްގެ މާޝަލް އަތުން ބޯޅަ ހޯދަން ލެސްޓާގެ ކުޅުނެތެރިއަކު މަސައްކަތް ކުރަނީ --- ފޮޓޯ:އޭޕީ

ލެސްޓާ ސިޓީގެ ދަނޑުގައި ރޭ މެންޗަސްޓާ ޔުންއިޓެޑާ ކުޅުނު މެޗް 1-1 އިން އެއްވަރުވި އިރު ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ރުޑް ވެން ނިސްޓެއިލްރޫއީ ހަދާފައިވާ ރެކޯޑް ވާޑީ ވަނީ މުގުރާފަ އެވެ.

އެ މެޗްގައި ފެނިގެން ދިޔަ ދެ ގޯލް ވެސް ފެނިފައި ވަނީ ފުރަތަމަ ހާފްގަ އެވެ. އެ ގޮތުން 24 މިނެޓްގައި ލެސްޓާގެ ފުޗްސް ދިން ތުރޫ ޕާހަކުން ޔުނައިޓެޑްގެ ޕެނެލްޓީ އޭރިއާ ތެރޭގައި ހިރު ވާޑީ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ބަސްޓިއަން ޝްވެންސްއިގާ އެވެ.

ސިޓީއާއި ސައުތުހެމްޓަން ކުޅުނު މެޗްގައި ސިޓީގެ ޔާޔާ ޓޯރޭ ބޯޅަ ޖަހަނީ --- ފޮޓޯ:އޭޕީ

ރޭ ސީޓީ އެއް ވަނަ އަށް އެރީ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން ބަލިކޮށްގެންނެވެ. އެގޮތުން މެޗުގެ ފުރަތަމަ 20 މިނެޓުގައި ކެވިން ޑި ބްރޭނާ އާއި ފަބިއަން ޑެލްފްގެ ލަނޑުތަކުން ސިޓީ ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ސައުތުހެމްޓަން އަށް ތަފާތު ކުޑަކޮށްދިނީ 49 ވަނަ މިނެޓުގައި ޝޭން ލޯންގެވެ. ސިޓީގެ ތިން ވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖެހީ އެލެކްސެންޑްރާ ކޮލަރޯފް އެވެ.

comment ކޮމެންޓް