އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ރަނގަޅު ދެއްކި ވެލެންސިއާ އަތުން 1-2 އިން މޮޅުވެ މާޒިޔާ ލީގުގެ ތިން ވަނަ އަލުންއަށް ޖެހިލާފި އެވެ.
މާޒިޔާއަށް ލިބުނު އެ މޮޅާއެކު 21 ޕޮއިންޓް ލިބިގެން ތާވަލުގެ ތިން ވަނަ އަށް އެރިއިރު 20 ޕޮއިންޓާއެކު އޮތް އީގަލްސް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. މިރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ފުލުން ދެ ވަނާގަ އެވެ.
ލީގުގެ އެއް ވަނައިގައި ނިއު ރޭޑިއަންޓް 26 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި އޮތީ ޓީސީ އެވެ. ޓީސީއަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.
މިރޭގެ މެޗް ފެށިގެން ރަނގަޅަށް ކުޅެމުން އައީ ވެލެންސިއާއިންނެވެ. އެ ގޮތުން ފުރަތަމް ހާފުގެ ކުރީކޮޅުގައި މާޒިޔާގެ ހާފްތެރެއިން ވެލެންސިއާގެ ޕެނެލްޓީއެރިއާ ތެރޭގައި ހުރި އަހްމަދު ރިލްވާން އަށް ފޮނުވާލި ބޯޅަ އޭނައަށް ލިބުމުގެ ކުރިން މާޒިޔާގެ ކީޕަރު ވަނީ ހޯދާފަ އެވެ.
ވެލެންސިއާ އަށް އެ މެޗުގައި އުދަގޫތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ ގެ 24 ވަނަ މިނެޓްގައި މާޒިޔާގެ އަހްމަދު ނާޝިދު ޕެންލްޓީއޭރިއާ ކަނުގައި ހުރެ ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލުގެ ތެރެއަށް ވެދެ މަޒިޔާއިން ލީޑް ނެގުމުންނެވެ.
ފުރަތަމަ ހާފް މަޒިޔާއިން ކުރީގައި އޮވެ ނިންމާލިއިރު ދެ ވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ވެލެންސިއާއިންނެވެ. އެގޮތުން މެޗްގެ 73 ވަނަ މިނިޓްގައި ވެލެންސިއާގެ އަވީލޯ މަޒިޔާގެ ގޯލްއޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މާޒިޔާއިން މެޗުގައި ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލް، 90 ވަނަ މިނެޓްގައި މާޒިޔާއަށް ލިބުނު ކޯނަރެއްގައި އެ ޓީމްގެ ބިދޭސީ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް ބޮލުން ޖަހާ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.