ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް: ފައިނަލްގައި ޕޮލިހާ ދެކޮޅަށް އިހަވަންދޫ ޕޯލްސްޓާ

ގައުމީ ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލްގައި ހއ. ދިއްދޫ ޓީނޭޖް ބޯއީސްގެ މެޗަށް ތިން ސެޓު އެއް ސެޓުން ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް އިހަވަންދޫ ޕޯލްސްޓާ ދަތުރުކޮށްފި އެވެ.

ފައިނަލްގައި އިހަވަންދޫ ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

ޕޮލިސް ކުލަބު ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލްގައި އިހަންވަދޫ ބަލި ކުރުމަށްފަހުގައެވެ.

މިއަދު ހަވީރު ކުޅުނު މެޗް ފުތަރަމަ ސެޓް އިހަންވަދޫ ކާމިޔަބު ކުރީ 25-8 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ.

ދެ ވަނަ ސެޓް ދިއްދޫއިން ކާމިޔާބު ކުރީ 25-10 ގެ ބޮޑު ތަފާތަކުންނެވެ.

ތިން ވަނަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު އެ ސެޓު އިހަވަންދޫ ކާމިޔާބު ކުރީ 26-24 ންނެވެ.

ހަތަރު ވަނަ ސެޓް އިހަވަންދޫ ކާމިޔާބު ކުރީ 25-20 ންނެވެ.

މުބާރަތުގެ ތިން ވަނަ ޓީމަކަށް ހޮވިފައިވަނީ ދިއްދޫ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.

comment ކޮމެންޓް