ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޑިފެންސް މިނިސްޓަރުގެ މަގާމަށް، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އައްޔަން ކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ކުރީގެ މެމްބަރު، ތ. ބުރުނި ނިވައިދޮށުގެ މޫސާ ޒަމީރު ޓޫރިޒަމް މިނިސްޓަކަމަށް އައްޔަން ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އާދަމް ޝަރީފާއި މޫސާ ޒަމީރު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގަ އެވެ. ހުވާކުރެއްވުމަށް ފަހު، އެ ދެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިގްރާރުގައި ސޮއިކުރެއްވި އެވެ.