އުލިގަމުގައި ހަތިޔާރު ގުދަނެއްނަހަދާ: އުމަރު ނަސީރު

ޕްރެސްކޮންފަރެންސެއްގައި މިނިސްޓަރު އުމަރު ނަސީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރު ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގުކުރައްވައިފިއެވެ.

މިރޭ ކުރެއްވި ޓްވީޓްގައި އުމަރު ނަސީރު ވިދާޅުވީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަަމުން ނުދާކަން ދިވެހި ސަރުކާރުގެ ފަރާތުން ޔަގީންކޮށްދޭ ކަމަށެވެ.

ހަތިޔާރާ ގުޅުން ހުރި އެފަދަ 'ޑީލް'ތައް ސަރުކާރުން ނަހަދާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޓާގައި ހިންގާ ކުންފުންޏެއް ކަމަށްވާ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) އިން އުލިގަމުގައި ހަތިޔާރު ގުދަނެއް ގާއިމުކޮށް 200 މީހުންގެ މައްޗަށް އެކުލެވޭ ޔުނިޓެއް ހަދާނެ ކަމަށް ބައެއް މީޑިއާތކުގައި ވަނީ ބުނެފައެވެ.

އެ ޔުނިޓްގެ ބޭނުމަކީ އެ ސަރަހައްދުން ދަތުރުކުރާ ބޯޓް ފަހަރަށް ހިމާޔަތް ދިނުން ކަމަށް ބައެއް މީޑިއާ ގައި ވަނީ ރިޕޯޓްކޮށްފައެވެ.

comment ކޮމެންޓް