ޝާރިފަށް މީޑިއާ ކޯޑިނޭޓަރުކަން ދިން ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި

ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރަކަށް ސ. ފޭދޫ ކަޝްމީރުވާދީ ޝާރިފް މުހައްމަދު އަނެއްކާ ވެސް ހަމަޖެއްސިކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ޚަބަރު ސަރުކާރުން ދޮގުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ޝާރިފަށް އަލުން މީޑިއާ ކޯޑިނޭޓަރުގެ މަގާމް ދިންކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައި ވަނީ ހަގީގަތެއް ނެތް ދޮގުވާހަކައެއް ކަމަށެވެ.

މުއާޒު ވިދާޅުވީ އެ މަގާމުން ވަކިކުރި ދުވަހު މޯލްޑިވްސް ރޯޑު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މަގާމެއް ޝާރިފަށް ދެއްވާފައިވާ ކަމަށެވެ.

comment ކޮމެންޓް