އެސްޓީއޯ އިން ހުޅުވި 170 ބޭސްފިހާރައާ އެކު 500 ވަޒީފާ އުފެދިއްޖެ: ޝަހީރު

 އެސްޓީއޯ އިން ހުޅުވާފައިވާ ބޭސްފިހާރައެއްގައި އެ ކުންފުނީގެ މުވައްޒަފުން: ބޭސްފިހާރަތަކާ އެކު ވަޒީފާތައް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނޭ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހުޅުވުމަށް ހިންގާ ޕްރޮޖެކްޓްގެ ދަށުން 170 ރަށެއްގައި ބޭސްފިހާރަ ހުޅުވައި އެތަންތަނުން 500 ވަޒީފާ އުފައްދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ.

ޝަހީރު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ވިދާޅުވީ ޖުމްލަ 180 ބޭސްފިހާރަ ހުޅުވާނެ ކަމަށެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާއަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އަތޮޅުތަކަށް ފޮނުވަން ޖެހޭ 50 އެމްބިއުލާންސް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ އެމްބިއުލާންސްތައް ރަޖިސްޓަރީ ކުރުން ފަދަ ކަންކަމުގެ މަސައްކަތްތައް ކަމަށާއި ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއާ ގުޅިގެން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް