މިމަހު 20 އަދި 21 އާ އެކު އީދު ބަންދަށް ހަފްތާއެއް ދޭން ނިންމައިފި

ރަށެއްގައި އީދު ފާހަގަކުރަނީ: އީދު ބަންދަށް ހަފްތާއެއް ދޭން ރައީސް ވަނީ ނިންމަވާފައި

މިއަހަރު އީދު ބަންދަށް ހަފްތާއެއް ދޭން ރައީސް އޮފީހުން ނިންމައިފި އެވެ.

މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ މިމަހު 22 ވާ އަންގާރަ ދުވަހާ އެވެ. ކުރިން އީދު ބަންދު އޮތީ 22 ވަނަ ދުވަހުން ފެށިގެން 26 އަށެވެ. ނަމަވެސް ރައީސް އޮފީހުން މިހާރު ވަނީ މިމަހު 20 އަދި 21 އާ އެކު އީދު ބަންދަށް ހަފްތާއެއް ދޭން ނިންމާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުވައްޒަފުންނަށް ލުއި ފަސޭހައަކަށް މިމަހު 20 އަދި 21 ވާ އާދީއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ދެދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒު ކުރައްވާފައިވާ ޓުވީޓް

އެހެންކަމުން މިމަހު 20 ވާ އާދީއްތަ ދުވަހުން ފެށިގެން 26 ވާ ހޮނިހިރު ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ.

comment ކޮމެންޓް