ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އަނެއްކާވެސް ސިންގަޕޫރަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު: ނުރަސްމީ ދަތުރުފުޅެއްގައި ދެކަނބަލުން ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ދެކަނބަލުން ފުރާވަޑައިގަތީ މިރޭ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ހާމަނުކުރެއެވެ.

މިދިޔަ މާޗު މަހުގެ 21ގައި ވެސް ރައީސާއި ފަސްޓްލޭޑީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. ދެ ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު 23 ވަނަ ދުވަހުގެ ރޭ ދެކަނބަލުން އެނބުރި ވަޑައިގަތެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވިއިރު ވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވިއެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ.

comment ކޮމެންޓް