ފުރުގާން މިސްކިތުގައި ޕެޓްފުޅިއެއް ގޮއްވި ހަ ކުއްޖަކު ހައްޔަރުކޮށްފި

ފުރުގާން މިސްކިތް

ފުރުގާން މިސްކިތުގެ ޓެރަސްމަތީގައި ޕެޓް ފުޅިއެއް ގޮއްވި ހަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:30 އެހާކަންހާިރު އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންތަކެއް ކަމަށެވެ.

އެ ހާދިސާގައި މިސްކިތަށް ވެސް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް