ކުރެންދޫގައި ދަންޖެހިގެން މަރުވެފައި ހުރި ޒުވާނަކު ފެނިއްޖެ

ޅ. ކުރެންދޫ: ދަންޖެހި މަރުވެފައިވާ މީހެއް އެރަށުން މިރޭ ވަނީ ފެނިފައި

ޅ. ކުރެންދޫގައި ދަންޖެހިގެން މަރުވެފައިވާ ޒުވާނެއް މިރޭ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 24 އަހަރުގެ ފިރިހެނަކު ދަންޖެހި މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ ގާތްގަނޑަކަށް 9:30 ހާއިރު ކަމަށާއި، އެއީ "ފްރެޝް ބޮޑީއެއް ނޫން" ކަމަށެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މަދީހް ސަން އަށް ވިދާޅުވީ، އެމީހާ ދަންޖެހިފައި ހުރިކަން އެނގުނީ، އެމީހާގެ ހަބަރެއް ނުވުމުން ރަށުން ބޭރުގައި އުޅޭ އާއިލާއިން އެކަން ރިޕޯޓް ކުރުމުން، ކައުންސިލާއި ފުލުހުން އެގެއަށް ދިއުމުން ކަމަށެވެ.

"ވަރަށް ގަދަޔަށް ކުނިވަސް ވެސް ދުވާ އެތެރެއަށް ވަނީމަ. ހީވަނީ މަރުވެ ހަތަރު ވަރަކަށް ދުވަސް ވެފައިވާހެން،" މަދީހް ވިދާޅުވި އެވެ.

އެ ޒުވާނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި އޭނާ ދިރިއުޅެނީ އާއިލާއާ ވަކިންކަމަށް މަދީހް ވިދާޅުވި އެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް