ބަށިބޯޅަ އެސޯސިއޭޝަން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފި

ޕޮލިސް ކްލަބް ޒަމާނީ ފުރަތަމަ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް މެޗެްގެގ ތެރެއިން ތެރެއިން. ބަށިބޯލް އެސޯސިއޭޝަން ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޗަނެއްގެ ގޮތުގައި މިއަދު ރަޖިސްޓްރީ ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި މިއަދު ރަޖިސްޓްރީ ކޮށްފިއެވެ.

ސަން އަށް މައުލޫމަތު ދެއްވަމުން ބަށިބޯޅަ އެސޯސިއޭޝަންގެ އިސް މުއައްސިސެއް ކަމުގައިވާ އާމިނަތު ލީލާ ވިދާޅުވީ، އެ އެސޯސިއޭޝަން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުން ގައުމީ ކުޅިވަރު ކައުންސިލްގެ މެންބަރެއްގެ ގޮތުގައިވެސް ހަމަޖެހިގެން ދިޔައީ ކަމަށެވެ.

އެހެންކަމުން ކުޅިވަރު ކައުންސިލްގައިވެސް އެ އެސޯސިއޭޝަން ތަމްސީލް ކުރާނެއެވެ.

ލީލާ ވިދާޅުވީ، ގައުމީ އެސޯސިއޭޝަނެއްގެ ގޮތުގައި ހަމަޖެހުމުން ސަރުކާރުން އެސޯސިއޭޝަންތަކަށް ދޭ ބަޖެޓް އެ އެސޯސިއޭޝަނަށް ވެސް ލިބިގެންދާނެ ކަމަށެވެ.

ބަށިބޯޅަ އެސޯސިއޭޝަން ކުޅިވަރުގެ ގައުމީ އެސޯސިއޭޝިނެއްގެ ގޮތުގައި ރަޖިސްޓރީ ކުރުމަށް ހުށަހެޅީ ރައީސް ޔާމީން ވެސް އެކަމަށް އެދިވަޑައިގަންވާތީ ކަމަށް ލީލާ ވިދާޅުވިއެވެ.

ބަށިބޯޅަ އެސޯސިއޭޝަން ކުޅިވަރުގެ ގައުމީ އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މުނާސަބަތުގައި ބަށިބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފ. ފީއަލީގައި ވަނީ ހާއްސަ ބަށި މެޗެއް މިއަދު ކުޅެފައެވެ.

އަދި ބ. އޭދަފުށީގައިވެސް ވަނީ މިއަދުގެ މުނާސަބާތާ ގުޅިގެން ހާއްސަ ބަށި މުބާރާތެއް ފަށައިފައެވެ.

comment ކޮމެންޓް