އުރީދޫ މިޔަންމާ ނެޝަނަލް ލީގްގައި މިއަދު ރާއްޖޭގެ ގައުމީ ޓީމްގެ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) ކާމިޔާބު ކުރި ލަނޑާއެކު ނޭޕީޓޯ އެފްސީގެ މައްޗަށް 4-3 ގެ ނަތިޖާއަކުން ކޭބީޒެޑް އެފްސީ ކަމިޔާބު ހޯދައިފިއެވެ.
މެޗްގައި ކޭބީޒެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ބަކާއެވެ. ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ ބަކާ ވަނީ މިދިޔަ ހަފުތާގައިވެސް ކޭބީޒެޑަށް ލަނޑު ކާމިޔާބުކޮށްދީ އިތުރު ލަނޑެއް ޖަހަން އެހީތެރިވެދީފައެވެ.
މިއަންމާގެ ޕަންގު ލަންގު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ލިޑް ނެގީވެސް ކޭބީޒެޑްއިންނެވެ.
މެޗްގެ 16 ވަނަ މިނެެޓްގައި އެޓީމަށް ލީޑް ނަގައިދިނީ ކަޔޭ ޒަޔަރުވިންއެވެ.
ދެ ވަނަ ލަނޑު 33 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނޭ ޒޯ ހެޓްޓްއެވެ.
ނެޕީޓޯގެ ފުރަތަމަ ލަނޑު ކާމިޔަބު ކުރީ ލިބުނު ޕެނަލްޓީ އަކުން އަފޫފޯއެވެ.
މެޗްގެ 51 ވަނަ މިނެޓްގައި ކޭބީޒެޑްއިން އިން ޖެހި ތިން ވަނަ ލަނޑު އޮފްސައިޑް ކަމަށް ބުނެ ނެޕިޓޯގެ ކުޅުންތެރިން ވަނީ މައްސަލަ ޖައްސައި ކުޅެން ދެކޮޅު ހަދާފައެވެ. އަލުން ކުޅެން ފެށީ ކުޅުން ހުއްޓާލިފަހުން ގަޑިއެއްހައި އިރުފަހުން މެޗްގެ 52 ވަނަ މިނެޓުން ފެށިގެންނެވެ.
އަލުން ކުޅެން ފަށައި ބަކާ ވަނީ ކޭބިޒެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ނެޕީޓޯޯއިން ވަނީ އޭގެ ފަހުން ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަކު އެއް ލަނޑަށް ކުޑަކޮށްފައެވެ.
މިމެޗުން މޮޅުވުމުން ލިބުނު 25 ޕޮއިންޓާއެކު ކޭބީޒެޑް އޮތީ ތާވަލްގެ ހަތަރު ވަނަ އާއި ތިން ވަނަ އާއި އަދި ދެވަނައިގައި އޮތް ޓީމްތަކަށްވުރެ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަލްގެ ފަސްވަނައިގައެވެ.
ލީގްގެ ދެވަނައިގައި އޮތް އަޔަވެދީ ޔުނައިޓަޑާއި ތިން ވަނައިގައި އޮތް މެގްވާއާއި ހަތަރު ވަނައިގައި އޮތް ޔަޑަނާ ބޮންއަށްވެސް ލިބިފައިވަނީ 29 ޕޮއިންޓެވެ.
އެއްވަނައިގައި 14 ޕޮއިންޓްގެ ބޮޑު ފަރަގަކާއެކު 43 ޕޮއިންޓް ލިބިގެން އޮތީ ޔޮންގޮން ޔުނައިޓަޑްއެވެ.
ކޭބީޒެޑް ދެން ކުޅެންޖެހޭ މެޗްގައި މިއަންނަ އާދިއްތަ ދުވަހު ބައްދަލު ކުރާނީ ޔޮންގޮން ޔުނައިޓަޑާ ދެކޮޅަށެވެ.