ނައިބު ރައީސް މޯލްޓާގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާގެ ފިނޭންސް މިނިސްޓަރާއި ބައްދަލުކުރެއްވުން -- ފޮޓޯ: އަދީބު ޓްވިޓާ

ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާގެ ފިނޭންސްމިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.

ރޭގަނޑުގެ ފަރިއްކޮޅަކާއެކު ރޭ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ސްޕެޝަލް އިކޮނަމިކް ޒޯން ( އެސްއީޒެޑް) އާއި އިގްތިސާދީ އެހެން ދާއިރާތަަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު އެ ބައްދަލުވުމާއި ބެހޭގޮތުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ރައީސާ އާއި ބައްދަލުކުރައްވައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ސިޓީފުޅެއް އެކަމަނާއަށް އަރުވައިފައެވެ.

ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާގެ ފިނޭންސް މިނިސްޓަރާ ބައްދަލުކުރެއްވުން -- ފޮޓޯ: އަދީބު ޓްވިޓާ

ނައިބު ރައީސް މޯލްޓާއަށް ވަޑައިގަތީ މިސްރުގެ ދެ ވަނަ ސުއޭޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

މިއީ އެމަނިކުފާނު ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ގައުމަކަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.

comment ކޮމެންޓް