ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީން ހޯދައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް އިމިގްރޭޝަނުން ފަށާއިފައިވާ އޮޕަރޭޝަންގެ ދަށުން މިއަަދު އެކަނި ވެސް 16 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު ހަސަން ހަލީލް މިއަދު 'ސަން' އަށް ވިދާޅުވީ އެ 16 ބިދޭސީންނަކީ މިއަދު ފެށި އޮޕަރޭޝަންގެ ދަށުން މާލޭގެ އެކިއެކި ހިސާބުތަކުގެ ފިހާރަތަކުން އަތުލައިގެންފައިވާ މީހުން ކަމަށެވެ.
"ފިހާރަތަކުން އެމީހުން ގެންދިޔައީ ސޭޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދަނިކޮށް. މިއަދު ބޮޑަށް ބެލީ މާލޭގެ ފިހާރަތައް،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ބައެއް ފިހާރަތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ވެސް ބިދޭސީން ބައިތިއްބަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރޭގަނޑު ވެސް މި އޮޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިގޮތަށް ގެންދެވޭ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސަައްކަތް ކުރާ ބިދޭސީން ކަމަށް ބަލައި އެމީހުންގެ ވިސާ ކެންސަލްކުރުމަށް ފަހު ގައުމަށް އަނބުރާ ފޮނުވާލާނެ ކަމަށެވެ.
ބިދޭސީން ސޭޓުންގެ ގޮތުގައި ބަހައްޓާ ފަރާތްތައް 10،000 ރުފިޔާ އާއި 50،000 އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެފަަދަ ފަރާތްތައް އިކޮނޮމިކް މިނިސްޓްރީން ވެސް 2000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ބިދޭސީން ސޭޓުންގެ ގޮތުގައި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ނުބޭއްތިބުމަށް އިމިގްރޭޝަނުން ތަކުރާރުކޮށް އަންގާފަ އެވެ. އެގޮތުން މިދިޔަ ރޯދަ މަހު ވެސް އިމިގްރޭޝަނުން ވަނީ އެފަދަ ފިހާރަތަކަށް ޒިޔާރަތްކޮށް ނަސޭހަތްތެރިވެފަ އެވެ.
comment ޢަލީ
10 year 8 month ago
ލޯކަލްމާރުކޭޓް ގޮސް ބަލާބަލަ. ހެސްކިޔާފަ ލިބޭނެ.
comment މުނައްވަރު
10 year 8 month ago
ބިދޭސީން ގިނަވެއްޖެ. ބިދޭސީން މަދުކުރެވިއްޖެނަމަ ޤަޢުމުން ބޭރުވާ ޑޮލަރު %70 ދަށްކުރެވޭނެ. ތިގޮތުގައި ކުރިއަށްދޭ. ޝުކުރިއްޔާ
comment ސަޢީދު
10 year 8 month ago
ސާބަސް...ތިކަން ތިގޮތުގައި މޮނީތަރ ކުރަންވީތާ ކިތައްމެ ދުވަހެއް!!!....ހިތުހުރި އަގަކަށް ދިވެހި ލޯކަލް ތަކެތި ވިއްކަމުން ދަނީ!!! ސަރުކާރުން މިފަދަ އެންމެހާ ކަންކަން މިގޮތަށް ފިޒިކަލީ ހަމަ މަގަށް އަޅުވަންވީ!!! ދޮންކެޔޮ ވަކެއް 15 ރުފިޔާއަށް ރޯދަ މަހު ވިއްކިއަސް އޯކޭ ތޯ!!!؟؟؟؟؟
comment ލުގުމާން
10 year 8 month ago
ދައުލަތަށް ފައިސާ ހޯދުމާއި ކުދިވިޔަފާރި ވެރިން ނައްތާލުމަށް ޖަހަމުންގެންދާ ދަންތުރައެއް މިއީ. 100 އަކަފޫޓް ކިރިޔާ ހަމަވާ ކަންމަތީ ފިހާރައެއް ކަމުގައިވިޔަސް ޖީއެސްޓީއާއި ބީޕީޓީ އާއި އެކައުންޓްސް ބެލެހެއްޓުމަށް އެކައުންޓްސް ޑިޕާޓްމެންޓެއް އެބަހުންނަންޖެހޭ. އެތާގައި އެކައުންޓެންޓުން ތިބެންޖެހޭ. ފައިދާވިޔަސް ނުވިޔަސް ޖީއެއްޓީވެސް ދައްކަންޖެހޭ. ދިވެހިސޭޓުން ނުލިބޭގައުމުގައި ދިވެހި ސޭޓުން ބައިތިއްބަންޖެހޭ. ސޭޓްމީހާ ފާޚާނާއަށް ނުވަތަ ސަޔަށް ނުވަތަ ސްކޫލަށް ދަރިފުޅުބަލާ ދާގަޑީގަ ރިޒާވް އިތުރު އެއް ދިވެހި ސޭޓެއްވެސް ހުންނަންޖެހޭ. އެގަޑީގައި ޓްރޭޑުން އައިސްފިނަމަ 2500 ރުފިޔާއިން ޖުރުމައިނާ ކުރާނެ. އެމީހުން ގަބޫލެއްނުކުރޭ އެއްވެސް ވަގުތެއްގައި ބޭރުމީހަކު ހުރެގެން ވާނެކަމަކަށް. މިއީ އިންސާފްތޯ މިއީ ކުދިވިޔަފާރިވެރިން ކުރިއެރުވުމަށް ސަރުކާރުން ދެއްވާ ތަރުހީބުތޯ ތިޔަބޭފުޅުން ޖަވާބުދެއްވާ؟
comment ސޝ
10 year 8 month ago
އަޅުގަނޑުމެންގެ ގޭ ކައިރީ (ޖަލާލުއްދީން މިސްކިތް ކުރިމަތީ އޮންނަ ގޯޅިގަނޑުގައި) ހުރި ފިހާރައިގައިވެސް ތިބެނީ ދެ ބިދޭސީން.
comment ނިޔާޒު
10 year 8 month ago
އެބަ ރަނގަޅުވޭ... އެކަމަކު އަނެއް މަހު ހުންނާނެ އައިސް