އުލިގަމުގައި އިމިގްރޭޝަންގެ އޮފީހެއް އަޅަން އެމްޓީސީސީއަށް

އުލިގަމުގައި އިމިގްރޭޝަން އޮފީހެއް އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފި -- ޕޮޓޯ/ އެމްޓީސީސީ

ހއ. އުލިގަމުގައި އާ އިމިގްރޭޝަން އޮފީސް އިމާރާތެއް އަޅަން އެމްޓީސީސީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ސަބަބުން އެ ރަށުގައި ދޭ އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެ، އޮޕަރޭޝަންތައް އިތުރުވެ އަދި ޚިދުމަތް ލިބިގަތުމުގެ ފަސޭހަކަން އިތުރުވާނެ ކަމަށެވެ.

އުލިގަމުގައި އިމިގްރޭޝަން އޮފީހެއް އެޅުމަށް އެމްޓީސީސީ އާ އެކު ސޮއިކޮށްފި:---ޕޮޓޯ/އެމްޓީސީސީ

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔާޑް) ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. އަދި، މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރު ޖެނެރަލް އޮފް އިމިގްރޭޝަން، (ރިޓަޔާޑް) ޗީފް އޮފް ޕޮލިސް އަޙްމަދު ފަސީޙެވެ.

އުލިގަމަކީ ޔޮޓްތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ.

comment ކޮމެންޓް