Ooredoo
Ooredoo

ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު --

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިއްޔެ އިސްތިއުނާފުކޮށްފިއެވެ.

ADK GENERAl

ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ ހޮނިހިރު ދުވަހެވެ.

އޭނާ ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އަދި، އެ ފައިސާއަކީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއެއްގެ އަތުގައި ހުރި 530،000 ރުފިޔާކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެއެވެ. އޭނާގެ ގެ ވެސް މި މައްސަަލައިގެ ތުހުމަތުގައި ބަލަައިފާސްކުރިއިރު، ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ގެއިން ފެނުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ:

  • މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
  • އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
  • ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
  • އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ
Redstar
comment ކޮމެންޓް

comment އެކުވެރިޔާ އަލީ

4 day 5 hour ago

ޝަންމާނުއަށް ވެދުންސަލާމް. ޢަހުރެން ދިން ނަސޭހަތް އަޑު ނޭހީމެވެ. ފޯނެއް ނުނެގީނެވެ. މެސެޖަށް ޖަވާބު ނުދިނީމެވެ. މަގުމަތިން އެންމެފަހުން ދިމާވި ދުވަހުވެސް ދިމާވުމުން ދިން ނަސަެހަތް އަަޑު ނޭހީމެވެ. ކަނޑާލީމަ އެންމެ ކާރީގަ ހުރި މިރަހުމަތްތެރިޔާ ޝައްމާނުގެ ކުރިމަތީގަ އެދުވަހުގަވީ ރަސްކަލަކަށެވެ. މަގާމު ލިބުމުން ދިމާވެސް ކޮށްލާނެ ވަގުތެއް ނުވިއެވެ. ބޮޑާކަމާއި ފޮނިކަން އިސްކޮށްފި ކޮންމެ މީހަކު މިދުވަސް ދެކޭނޭކަން ކަށަވަރެވެ.