ހދ. ކުޅުދުއްފުށީގައި "ލައިފް ސަޕޯޓް"ގެ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި އެވެ.
ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރަށުގައި ގާއިމްކުރި އެ ސެންޓަރު މިއަދު ހުޅުވައިދެއްވީ އުރީދޫއިން އެރަށަށް ކަނޑައަޅާފައި ހުންނަ އެ ކުންފުނީގެ މެނޭޖަރު އަލީ ނިފާޒެވެ.

ލައިފް ސަޕޯޓްގެ ހޯލްސޭލް ސެންޓަރު ހުޅުވުން -- ފޮޓޯ ލައިފް ސަޕޯޓް
އެ ސެންޓަރުގައި ލައިފް ސަޕޯޓްގެ ފާމަސީތަކުން ގަންނަން ލިބޭ ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސެންޓަރާ އެކު ލައިފް ސަޕޯޓްގެ ދެ ފާމަސީއެއް ހދ. އަތޮޅުގައި މިހާރު ހުރެ އެވެ.

ހދ. ކުޅުދުއްފުށީގައި ހުޅުވި ހޯލްސޭލް ސެންޓަރުގެ ތެރޭގައި ދެ ކުއްޖަކު --ފޮޓޯ ލައިފްސަޕޯޓް
މި ސެންޓަރާ އެކު އެކުންފުނިން މިވަނީ އެކުންފުނީގެ އަށް ފިހާރައެއް ރާއްޖޭގައި ހުޅުވައިފަ އެވެ.

ލައިފް ސަޕޯޓް ހޯލްސޭލް ސެންޓަރު ހުޅުވުން -- ފޮޓޯ ލައިފް ސަޕޯޓް
ލައިފް ސަޕޯޓުގެ ފިހާރަތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވީލް ޗެއާއިން ފެށިގެން ވޯކާސް އާއި ބަލި މީހުންނަށް ބޭނުންވާ ވޯޓާ މެޓްރެސް ފަދަ ތަކެތި ހިމެނެ އެވެ. މީގެ އިތުރުން ކިޑްނީ އާއި ކެންސަރު އަދި ޑައިބެޓީޒް މީހުންނަށް ހާއްސަ ކިރެއް ވެސް އެ އެ ފިހާރަތަކުން ލިބެން ހުރެ އެވެ.