ސިވިލް ސާވިސް ކޮމިޝަގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ކުރި އިއުލާނުގައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށެވެ. ނަމަވެސް މިއަދު ކުރި ދެވަނަ އިއުލާނުގައި ވަނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއަދަތު މިމަހުގެ 5 ވާ ބުދަ ދުވަހުގެ ހަވީރު 5:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް މަގާމުން އިސްތިއުފާދެއްވާފައިވާތީ އާއި ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަސަން ދީދީ އަދި ކޮމިޝަންގެ މެމްބަރު ޚަދީޖާ އާދަމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވެފައިވާތީ އެވެ.
މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ސިިވިލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ކިބައިގައި ހުރުން ލާޒިމްވާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ވަނީ ހިމަނާފައެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ލަތީފް ދާދިފަހުން ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފަ އެވެ.