"ބްލޫ މޫން" މާދަމާ ރޭ ފެންނަނީ!

މާދަމާ ރޭ "ވަންސް އިން އަ ބްލޫމޫން" ފެންނަނީ -- ފޮޓޯ -- ގޫގުލް

މާދަމާ ރޭ "ވަންސް އިން އަ ބްލޫ މޫން" ފެންނާނެ ކަމަށް ސައިންސްވެރިން ހާމަކޮށްފި އެވެ.

ބްލޫން މޫން އޭ ކިޔަސް ހަނދު ނޫ ކުލަޔަކުން ނުފެންނާނެ އެވެ. ބްލޫ މޫން އަކީ މަހަކު ދެ ފަހަރު ފުލް މޫން ފެނުމަށް ސައިސްވެރިން ދީފައިވާ ނަމެކެވެ.

މި މަހުގެ ދެ ވަނަ ދުވަހު ފުލް މޫން ފެނިފައިވާ އިރު މާދަމާ ރޭ އަނެއްކާ ވެސް ފުލް މޫން ފެންނާނެ ކަމަށް ސައިންސު އެންމެންނަށް، ގްރޫޕުން ބުންޏެވެ.

ސައިންސަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ސައިންސް އެންމެނަށް ގްރޫޕުން 'ސަން' އަށް ބުނީ ބްލޫ މޫން ކިއި ނަމަވެސް ހަނދު ނޫކުލައިން ނުފެންނާނެ ކަމަށާއި ހަނދު ފެންނާނީ ހަމަ ހުދު ކުލައިން ކަމަށެވެ. ތަފާތަކީ ފުލް މޫނު ފެނުން ކަމަށެވެ.

މާދަމާ ރޭގެ ހަނދު ވިލާތަކުގެ ސަބަބުން ރާއްޖެ އަށް ރީތިކޮށް ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ސައިންސު އެންމެނަށް ގުރޫޕުން ވަނީ ބުނެފަ އެވެ.

މާދަމާރޭ ބްލޫ މޫން އަށް ފަހު ދެން 2018ގެ ކުރިން ބްލޫ މޫންއެއް ނުފެންނާނެ ކަމަށް ވެސް ސައިންސްވެރިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް