ޒޯން 7 ގެ ބަށި މުބާރަތުގެ ފައިނަލަށް ތިނަދޫއާއި ގެމަނަފުށި

ގެމަނަފުށީ ގައި ކުރިއަށްދާ ޒޯން 7 ގެ ބަށި މުބާރަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބަށިބޯލް ފައުންޑޭޝަން

ބަށިބޯލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބަށިބޯލް މުބާރަތުގެ ޒޯން 7 ގެ ފައިނަލަށް ގއ. ގެމަނަފުށީ މަހަރަނި ޓީމާއި ގދ. ތިނަދޫ ޑީބީޓީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގއ. ގެމަނަފުށީގައި ކުރިއަށްދާ އެމުބާރާތައް ކޮލިފައިވެފައިވަނީ ހަތަރު ޓީމެވެ. އެއީ ގެމަނަފުއްޓާއި ތިނަދޫ ޓީމްގެ އިތުރުން ގދ. މަޑަވެލި ބަށި ޓީމާއި ގއ. ދާންދޫގެ ރިއަލް ކުއީން ބަށި ޓީމެވެ. ނަމަވެސް ފަހު ވަގުތު ދިމާވި ކަންތައްތަކުގެ ސަބަބުން ދާންދޫ ޓިމް މުބަރާތުގައި ބައިވެރިވެފައެއްނުވެއެވެ.

ގެމަނަފުށީ ޓީމް ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކުރުމަށްފަހުގައެވެ.

ތިނަދޫ ޓީމް ފައިނަލަށް ދިޔައީ މަޑެވެލި ޓީމް ބަލިކުރުމަށްފަހުގައެވެ.

މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ ފައިނަލްމެޗަށް ގއ. ގެމަނަފުށި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ފައިނަލް މެޗް މިއަދު 4:30 ގައި ކުޅެން ހަމަޖެހިފައިވާއިރުފައިނަލް މެޗްގެ ރަސްމިއްޔަތުތައް ހަތަރެއް ޖަހާއިރު ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެ މުބާރާތަކީ ބަށިބޯލް ފައުންޑޭޝަނުން ރާއްޖޭގެ އެކި ޒޯންތަކުން ޗެމްޕިއަން ޓީމް ހޮވުމަށްޓަކައި ބާއްވަމުން އަންނަ މުބާރާތެކެވެ.

އެ މުބާރާތަށް ޓީމްތައް ކޮލިފައިވަނީ އަތޮޅު ލީގު ކުޅެގެން އެއްވަނަ އާއި ދެވަނަ އަށް ދާ ޓީމެވެ.

comment ކޮމެންޓް