ސަނަމް ޕޫރީ ރާއްޖެ އަތުވެއްޖެ

ސަނަމް ޕޫރީ އިންޓަރނޭޝަނަލް އެއާޕޯޓުގައި -- ސަންފޮޓޯ -- އަލީ ނަސީރު

އިންޑިއާގައި މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް"ގައި ޕާފޯމްކުރުމަށް ރާއްޖެ އަތުވެއްޖެ އެެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް މިއަދު ހެނދުނު ސަނަމްއާއެކު އޭނާގެ ބޭންޑު ވެސް ވަނީ މާލެ އައިސްފަ އެވެ. ސަނަމްއާއި އޭނާގެ ބޭންޑަށް މަރުހަބާ ދެންނެވީ ޝޯގެ ކެމްޕެއިނަށް ހާއްސަކުރެވިފައިވާ ޓީމު "ޓީމު ޒުވާނުން" ނެވެ.

ސަނަމް ބޭންޑް އިންޓަރނޭޝަނަލް އެއާޕޯޓުގައި " ޓީމް ޒުވާނުން" ގުރޫޕާއި އެކު -- ސަންފޮޓޯ -- އަލީ ނަސީރު

އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުގައި ހުރެ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސަނަމް ބުނީ ރާއްޖޭގައި ޕާފޯމްކޮށްލުމުގެ ފުރުސަތު ދީފައިވާތީ ޓުއަރިޒަމް މިނިސްޓަރު އަދީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި މަހުގެ 25 ގައި އޮއްނަ ޝޯއަކީ ބެލުންތެރިންނަށް ސަޕްރައިޒް ކަންތަށް ތަކެއް ފެނިގެންދާނެ ޝޯއެއް ކަމަށް ސަނަމް ބުންޏެވެ.

"މުޅި ޝޯ އަކީވެސް ސަޕްރައިޒެއް، ލަވަތަކާއި، ލަވަތަކުގެ ސްޓައިލްވެސް،" ސަނަމް ބުންޏެވެ.

ސަނަމް ޕޫރީ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަނީ -- ސަންފޮޓޯ -- އަލީ ނަސީރު

ސަނަމް ބޭންޑުގެ ހުށަހެޅުންތަކުގައި ސަނަމް އާއި އެކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ވެސް ވަނީ ލަވަހުށަހެޅުމަށް ހަމަޖެހިފަ އެވެ. ސަނަމް ބޭންޑުން ބުނީ މީރާއަކީ ހުނަރުވެރި ފައްނާނެއް ކަމަށާއި އޭނާގެ ހުށަހެޅުން ވެސް ސަޕްރައިޒަކަށް ވެގެންދާނެ ކަމަށެވެ.

ސަނަމް ޕޫރީ އިންޓަރނޭޝަނަލް އެއާޕޯޓުގައި ލަވަކިޔުންތެރިޔާ މީރާއާއި އެކު -- ސަންފޮޓޯ -- އަލީ ނަސީރު

ސަނަމް ބޭންޑުގެ ހުރިހާ ބައިވެރިން ވެސް ރާއްޖެ އައީ އަލަށެވެ. ރާއްޖެއާ ބެހޭ ގޮތުން މީގެ ކުރިން އަޑު އިވިފައި ވަނީ ކޮން ކޮން ވާހަކަތަކެއް ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ސަނަމް ބުނީ "ކުރުނބާ ފެނާއި މަހުގެ މީރު ވާހަކަ އަޑު އަހަން" ކަމަށެވެ.

ސަނަމް ބޭންޑަށް ވެލަކަމް ޑްރިންކެއްގެ ގޮތުން އަރުވާފައި ވަނީ ކުރުނބާ އެވެ. "އޭގެ ރަހަ ވަރަށް ވަރަށް މީރު" ކަމަށް ބޭންޑުގެ ހުރިހާ ބައިވެރިން ވެސް ވަނީ ބުނެފަ އެވެ.

ސަނަމް ޕޫރީ އިންޓަރނޭޝަނަލް އެއާޕޯޓުގައި -- ސަންފޮޓޯ -- އަލީ ނަސީރު

ހިންދީ ފިލްމަކަށް ފުރަތަމަ 2013 ވަނަ އަަހަރު ކިޔައިދިން ލަވަޔަކާއެކު ސަނަމް ޕޫރީ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ. ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ އަޑު ރީތި "ރަން އަޑު"ގެ ވެރިއެއްގެ ގޮތުގަ އެވެ.

ސަނަމް ބޭންޑް އިންޓަރނޭޝަނަލް އެއާޕޯޓުގައި -- ސަންފޮޓޯ -- އަލީ ނަސީރު

ސަނަމް ބުނީ ދިވެހިންގެ މެދުގައި އޭނާއަށް މާބޮޑު ތާއީދެއް އޮއްނަކަން އެނގިފައި ނުވާ ކަމަށާއި ނަމަވެސް ފޭސްބުކް މެދުވެރިކޮށް ރާއްޖެއައުމަށް ގިނަ ދިވެހިން އެދެމުން ދިޔަ ކަމަށެވެ.

"ތަރުހީބު އޮތްވަރު ދައްކާލުމަށް ޝޯއަށް ހުރިހާ ވަރާތްތަކަށްވެސް ދައުވަތު އަރުވަން" ސަނަމް ބުންޏެވެ.

comment ކޮމެންޓް