އެރޭގެ ފަހުން

އާދައިގެ މަތިން ރެސްޓޯރަންޓްގެ ސޭލްސް ނިންމާފައި އަރޫޝާ އަށް ގެއަށްދާން ނިކުމެވުނީ ގަޑިން މެންދަމު ދޭއް ޖެހިއިރުއެވެ. މިރޭވެސް އޭނާ ރެސްޓޯރަންޓް އިން ނިކުމެފައި ގުޅީ ފާތިހުއަށެވެ. ގެއަށް ގެންގޮސްދޭން ބަލާ އާދެވޭތޯއެވެ. އެހެންނަމަވެސް ފާތިހު ފޯނު ނުނަގާތޯ އަރޫޝާ އެކަނި ހިނގައިގަތެވެ. ގެއަށް ދާންޖެހެނީ ވަރަށް އަނދިރި މަގަކުން ކަމަށްވާތީ އަރޫޝާ ހުންނަނީ އަބަދުވެސް ބިރުންނެވެ. އަރޫޝާ މަޑުމަޑު ހިނގުމެއްގައި ދަނިކޮށް ކުއްލިއަކަށް އަރޫޝާ އަށް މީހަކު ގޮވާލިހެން ހީވެގެން ފަހަތް ބަލާލިއެވެ. އެހެންނަމަވެސް އެކަކުވެސް ފެންނާކަށް ނެތެވެ. އަރޫޝާ އަނެއްކާވެސް ހިނގައިގަތެވެ. ދެވަނަ ފަހަރަށް ގޮވާލުމުންވެސް ފަހަތަށް އެނބުރި ބަލާލިއެވެ. އެހެންނަމަވެސް ހަމަ ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އެކަކުވެސް ފެންނާކަށް ނެތެވެ. އަރޫޝާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ރޭގަނޑު ހިނގާއިރު ފަހަތަށް ނުބަލާށޭ މީހުން ބުނާ ވާހަކަ ހިތަށް ވަނުމުން އަދި މާބޮޑަސް ބިރުގަތެވެ. އަރުޝާގެ ހިތުގެ ތެޅުން އަވަސް ވިއެވެ. އެއާއެކު އަރޫޝާގެ ހިންގުން އަވަސް ވިއެވެ. ތިންވަނަ ފަހަރަށް އަރޫޝާއަށް ގޮވާލިއަޑު އިވުނީ ކުރިމަތިންނެވެ. އެއާއެކު ކުއްލިއަކަށް އަރޫޝާ ހުއްޓުނެވެ. އަދި ހިނގައިގަންނަން ވެސް ނުކުރެފިައި ހުރި ފިޔަވަޅުމަތީގައި ހުއްޓެވުމާއެކު ރޮވެން ފެށުނެވެ. ހަދާނެ ގޮތެއް ނެތިފައި ހުއްޓާ އަރޫޝާގެ ކޮނޑުގައި އަތަކުން ހިފާލުމާއެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެއާއި އެކު އަރޫޝާ ވަރަށް ބާރަށް ހަޅެއްލަވައި ގަތެވެ. އަރޫޝާގެ އަޑު ބަންދުވީ އެއަތުން އަރޫޝާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އަރޫޝާ ހުރީ ބިރުން ލޯ ހުޅުވަންވެސް ނުކުރެވިފައެވެ. މަޑުމަޑު ވައި އަޑައަކުން އަރޫޝާގެ ކަންފަތްކައރީގައި އަނެއްކާވެސް އަރޫޝާއަށް ގޮވާލިއެވެ. އަރޫޝާ ބިރުންހުރެ ލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އަރޫޝާގެ ލޯބިވެރިޔާ ފާތިޙުއެވެ. އަރޫޝާ ފާތިޙުގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. އަދި ރޯން ފެށިއެވެ. އަރޫޝާގަޔާއި ލާ ބޮޑިކޮށްލިއެވެ. އަރޫޝާ ބިރުގަނެފައި ހުުރުމުގެ ސަބަބުން ރުޅު ގަދަވިއެވެ. " ކީއްކުރަން ކުރިކަމެއް ތީ؟ ނޭނގޭތަ އަހަރެން ބިރު ގަންނާނެ ވަރެއް؟ ސަމާސާ ކުރުމުގައިވެސް ކޮންމެވެސް ހައްދެއް އޮންނަން ވާނެ! އަރޫޝާ ބުނެލިއެވެ. ފާތިހު ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. " އަރޫ! ހާދަ ވަރެއް ތިވީ. އަހަރެން ހިޔެއް ނުކުރަން ތިޔަހާވަރު ވާނެ ކަމެއް" އަރޫޝާ ދުރަށް ޖެހިލާފައި ބުނެލިއެވެ. " އަހަރެން ގުޅީމާ ފޯނު ނުނެގީމާ މަށަކަށް ނޭނގޭނެދޯ ފާތިހު އަންނާނެ ކަމެއް! ދެން ހެޔޮ ދުވަހަކުވެސް އަހަރެންނާ އެކަހަލަ ސަމާސާކޮށްގެން ނުވާނެ!"ފާތިހު އާއެކޭ ބުނެލުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި އަރޫޝާގެ ކޮނޑުގައި އަތް އަޅުވާލައިގެން ކުރިއަށް ހިނގައިގަތެވެ. ގެއަށް ދިޔަ މަގުމަތީގައި ތުނޑިއަށް ދިއުމަށް އަރޫޝާގެ ކިބައިން ފާތިހު އެދުނެވެ. އަދި މާދަމާއަކީ ހުކުރު ދުވަސްކަމުން މިރޭ ގެއަށް ދާނީ ތަންކޮޅެއް ލަސްކޮށްލާފައި ކަމަށް އަރޫޝާ ގާތު ފާތިހު ބުނުމުން އަރޫޝާވެސް ފާތިޙުގެ ބަހަށް އެއްބަސްވެ މިސްރާބު ތުނޑިއާއި ދިމާލަށް ބަދަލުވިއެވެ. ތުނޑީގައި ތިބި ތިބުމުގައި ދެމީހުންގެ ދެމެދުގައި ގުޅުންތަކެއް ހިނގާ ދިޔައެވެ. މުނާޖާ ގޮވާއަޑު އަރޫޝާއަށް އިވުމާއެކު ސިއްސައިގެންގޮސް ގެއަށް ދާންވީނޫންހޭ ބުނެ ދެމީހުން އެކުގައި ހިނގައިގަތެވެ. ފާތިޙު އަރޫޝާއާއި އެކު ދިޔައީ ބޯޅަދަނޑާ ހަމައަށެވެ. އަރޫޝާގެ ގެ ހުންނަނީ ބޯޅަދަނޑުގެ ފަހަތުގައެވެ. އަރޫޝާ ގެއަށް ގޮސް ފާޙާނާކޮށްލައިގެން ކޮޓަރިއަށް ވަދެ އޮށޯތެވެ. އަދި ނިދަންއޮތް އިރު ސިކުނޑިގައި އެނބުރެމުންދިޔައީ ދާދި ދެންމެއަކު ފާތިހުއާއެކު ތުނޑީގައި ހޭދަކުރި އުފާވެރި ވަގުތުތަކެވެ.މާގިނަ އިރެއް ނުވަނީވެސް އަރޫޝާއަށް ނިދިއްޖެއެވެ.

އަރޫޝާއަކީ މުރާލި ކެރޭ ހީވާގި ކުއްޖެކެވެ. ކޮންމެދުވަހަކު ހެނދުނު ހޭލައިގެން ސައި ތައްޔާރުކުރާނީ އޭނާއެވެ. ގޯތިތެރެ ކުނިކަހާ ގޭތެރޭގެ އެންމެހާ ކަންކަން މަންމަ އަށް ނުޖައްސާ އޭނާ ކުރަނީ މަންމަ އަކީ ދުވަސްވެފައިވާ މީހަކަށްވާތީ މަންމަ ލައްވާ ކުރުވަން ބޭނުންނުވާތީއެވެ. މާތަނަވަސް ބައެއް ނޫނަސް އަރޫޝާގެ ބައްޕަ ދުނިޔޭގައި އަޅާފައިހުރި ގެ ހުންނަނީ ރަށު ސްކޫލްގެ ޓީޗަރުންނަށް ކުުއްޔަށް ދީފައި ކަމުން އެދެމައިންގެ ކަންކަން އެގެއިން ލިބޭ އާމްދަނީއިންނާއި އަރޫޝާ އަށް ލިބޭ މުސާރައިން ފުއްދާލެވެއެވެ. ކޮންމެއަކަސް މިއަދުވެސް އަރޫޝާ ކޮޓަރިން ނިކުމެ އަރޫޝާގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. ގޯތި ތެރެ ކުނިކަހަން އޮއްވާ ފާތިޙު ދޮރުމައްޗަށް އަރާ އަރޫޝާއަށް ގޮވާލިއެވެ. އަރޫޝާ ފާތިހުގެ އެއަޑަށް ބާލާފައި މަޑުކޮށްލުމަށް އިިޝާރާތްކޮށްލިއެވެ. އަދިި ކުނިކޮޅު އެއްކޮށްލާފައި ބަރޯއަށް އެޅުމަށްފަހު ކުނި އުކާލުމަށް ގޮނޑުދޮށަށް ދިއުމަށް ހިނގައިގަތުމުން އަރޫޝާއާއި އެކު ފާތިޙު ހިނގައިގަތެވެ. ފާތިޙު އަރޫޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ ހިނގަމުންދާ ކަން އަރޫޝާއަށް އިހްސާސްވުމުން ކިހިނެއް ވީހޭ ބުނުމުގެ ގޮތުން ބޮލާއި މޫނުގެ އިޝާރާތުން ސުވާލުކޮށްލިއެވެ. ފާތިޙު ޖަވާބުގައި ޖަހާލީ ހިނިގަނޑެކެވެ.ކުނިއުކާލުމަށްފަހު ގެއަށް އައި މަގުމަތީގައި ދެމީހުން މިރޭ ކޮންމެހެންވެސް ބައްދަލުކޮށްލުމަށް ބޭނުންވާ ވާހަކަ ފާތިޙް ބުނެލިއެވެ. އަދި ދެމީހުން ބައްދަލުކުރާނީ ގެއިން ކަމުގައި ނިންމިއެވެ.

އަރޫޝާ ބޯޅަދަނޑުގެ ފަހަތަށް ފާތިޙްއާއި ބައްދަލުކުރުމަށް ދިޔައީ ރެސްޓޯރަންޓްގެ ވަޒީފާ އަށް ސަލާމް ބުނެފައެވެ. ފާތިޙްގެ އިންތިޒާރުގައި އަރޫޝާ ހުއްޓާ ފާތިޙް އެތަނަށް އަތުވެއްޖެއެވެ.ފާތިޙް އައުމާއެކު ދައްކަން އުޅޭ ވާހަކަ އަވަހަށް ދެއްކުމަށް އަރޫޝާ ފާތިޙްގެ ގާތުން އެދުނެވެ. ފާތިޙް އަރީޝާއަށް ފުރަގަސް ދިނުމަށްފަހު ބުނެލިއެވެ. " އަރީ! އަހަރެންނަށް އެނގޭ އަރީ އަހަރެންދެކެ ވަރަށް ލޯބި ވާކަން. އަދި އަހަރެންވެސް ހަމަ އެވަރަށް އަރީ ދެކެ ލޯބިވޭ!އަހަރެންގެ ފަރާތުން އަރީއަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން." މިހެން ބުނެލުމާއެކު އަރީޝާ އައިސް ފާތިޙްގެ ގައިގައި ބައްދާލިއެވެ. އަދި ބުނެލިިއެވެ. " ފާތީ. ތިވާހަކަ ދައްކަންވެގެންތަ އަހަރެން މިތަނަށް ތިގެނައީ. ވަރަށް ފޫހިވޭ. އަހަރެންނަށް އިނގޭ އަހަރެން ދެކެ ފާތިޙް ލޯބިވާ މިންވަރު. އެހެންވެ ދޯ މިއުޅެވެނީ ވެސް މިހެން" މިހެން ބުނެލުމާއެކު ފާތިޙް އާއި އެކު އަރޫޝާ އެތަނުގައި އޮތް ރުއްބުޑެއްގެ މަތީގައި އިށީނެވެ.

ގަޑިން އެގާރަ ޖެހީމާ ދެމީހުން ގެއަށް ދާން ހިނގައިގަތީ އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. ދެމަހެއްހާ ދުވަސްފަހުން އަރޫޝާ އަށް އުނދަގޫތަކެއް ކުރިމަތިވާން ފެށިއެވެ. މޫނު މައްޗަށް އަނދިރިވާން ފެށުމާއި ، މޭނުބައި ކުރުން ފަދަ ގޮތްތަކެއް ކުރިމަތިވާން ފެށުމުން އަރޫޝާ ހާސްވާން ފެށިއެވެ. ބިރު ގަންނަން ފެށިއެވެ. ހިތުގެ ތެޅުމާއި ވިންދު އަވަސްވާން ފެށިއެވެ. ފާތިޙްއާއެކު ހޭދަކުރެވުނު ވަގުތުތައް މަތިން ހަނދާން ވާން ފެށިއެވެ. ފާތިޙްގެ ބައްޕަ ބަލިވެގެން ފާތިޙް ފުރައިގެން މާލެދިޔަތާ 01 މަސްވެގެން ދިޔައިރު އެއްވެސް ޚަބަރެއް ނުވާތީ އަރޫޝާ ހުރީ ވަރަށް ހާސްވެފައެވެ. ސެންޓަރަށް ގޮސް ޑރ އަށް ދައްކަން ބިރު ގަންނަނީ ވެދާނެ ގޮތަކުންނެވެ. މަންމަގެ އަގު ވެއްޓޭނެތީއެވެ. މަންމަ އަށް ދެރައެއް ވެދާނެތީއެވެ. ކޮންމެވެސް ގޮތަކުން ފާތިޙްއާއި ގުޅޭނެ ގޮތެއް ވޭތީ އަރޫޝާ މަސައްކަތް ފެށިއެވެ. ފާތިޙްގެ އެންމެގާތް ރަޙްމަތްތެރިޔާ އާދިލ ހޯދައިގެން ފާތިޙްއާއި ގުޅައިފިއެވެ. " ހަލޯ .. ފާތީ! މިއީ އަރޫ އޭ! ކީއްވެތަ ނުގުޅަނީ! ވަރަށް މަސައްކަތްކޮށްފިން ގުޅަން.ނަމްބަރު ބަދަލުކޮށްފަ ކީއްވެތަ ނުގުޅީ. ބުނެބަލަ" އަރޫ އަށް ރޮވުނެވެ. ފާތިޙް ބުނެލިއެވެ. " އަރޫ! އަހަރެން މާލެ އައިސް ކުއްލި ގޮތަކަށް މީހަކާ އިންނަން ޖެހުނީ. މަޖްބޫރު ވެގެން. ބައްޕަގެ ޙާލަތަށް ފަރުވާ ހޯދުމަށް އިތުރުގޮތެއް ނެތިގެން.އަހަރެން ނުގުޅީ އަރޫ ދެރަވާނެ ވަރު ހިތަށް އަރާފަ!ފާތިޙް މިހެން ބުނުމާއެކު އަރޫ ގޮސްލަމުން ބުނެލިއެވެ. " ފާތިޙް؛ އަހަރެން މިއުޅެނީ ހޮޑުލަވާގޮތް ވެފަ މޭނުބައި ކުރާތީ" ކިހިނެް ހަދާނީ؛ މިހެން ބުނުމާއ އެކު ފާތިޙް ބުނެލިއެވެ. " ކީއްވެ! ބަނޑިބޮޑީތަ! އަރޫ މީހަކާ އިނީތަ! ފާތިޙްގެ މިޖުމްލައާއެކު އަރޫ ދެލޯ ބޮޑުވިއެވެ. " ފާތިޙް. ކީކޭތަ ތިކިޔަނީ؟ އަހަރެން ކުރިކަމެއް ވިއްޔާ ކުރީ ފާތިޙް އާއެއީ! އިތުރުމީހަކާއެކީ އެފަދަ ޢަމަލެއް ނުހިންގަން! އަރޫ ބުނެލިއެވެ. ފާތިޙް ޙައިރާން ކަމާއެކު ބުނެލިއެވެ. "އަހަރެންނޭ! އަހަރެން ކޮންއިރަކު އަރޫ އާއެކީ އެފަދަ ނުބައި ޢަމަލެއް ހިންގީ! " ފާތިޙް ރުޅި އަންނަ ގޮތް ވިއެވެ. އަދި ރުޅިވެރިކަމާއެކު ބުނެލިއެވެ." އަރޫޝާ ލަދެއް ނުގަނޭތަ ތިޔަފަދަ ނުބައި އިލްޒާމެއް މަގޭ ބޮލުގަ އަޅުވާކަށް! ހާދަ ގޮތެއް ނެތޭ ދޯ!" މިހެން ބުނުމާއެކު ފޯނު ކަނޑާލިއެވެ. އަރޫޝާ ވީދެރައިން އާދިލް އަތަށް ފޯނު ިދނުމަށްފަހު ގެއަށް ދިޔައެވެ.

އަރޫޝާއަށް ވަމުންދިޔަ އުނދަގޫތައް ހަފްތާއެއްހާ ދުވަހު ވުމަށްފަހު ދެންއެއްވެސް އުނދަގުލެއް ނުވެއެވެ. ނުވަމަސް ވެގެން އަިއިއިރުވެސް މާބަނޑު މީހެއްހެން ހީވެސް ނުވެއެވެ. އެހެންކަމުން ބޭރުތެރެއަށް ނިކުމެ އުޅުމުގައި އެއްވެސް ހުރަހެއް އަރޫޝާއަކަށް ނެތެވެ. ދުވަސްފުރާ ލޯބިލޯބި އަންހެންކުއްޖެއް ވިހެއީ ސަފަރު މަހުގެ 11 ވިލޭރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ވިހެއީވެސް އެކަނިމާއެކަނި އޮވެއެވެ. އެއްވެސް އުނދަގުލެއް ތަކުލީފެއް ނެތިއެވެ. އަރޫޝާ ކޮޓަރީގެ ތެރޭގައި އުޅެނިކޮށް ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. އަރޫޝާ ދޮރުހުޅުވަން ޖެހިލުންވިއެވެ. ސަބަބަކީ އަރޫޝާ ބަނޑު ބޮޑުކަމެއްވެސް ވިހެއި ކަމެއްވެސް އަރޫޝާގެ މަންމައަކަށްވެސް ނޭންގޭތީއެވެ. އެހެންނަމަވެސް އިތުރަށް ސިއްރު ނުކުރެވޭނެތީ އަރޫޝާ ނިންމީ މަންމައަށް އެނގުނުކަމުގައި ވީނަމަވެސް ދޮރުހުޅުވާށެވެ. އަރޫޝާ މަޑުމަޑުން ގޮސް ދޮރުހުޅުވިއެވެ. އަރޫޝާ ހީކުރގޮތާއި މުޅިން ޙިލާފެވެ. ދޮރުކުރިމަތީ ހުރީ ފާތިޙުއެވެ. އަރޫޝާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ފަހަތަށް ޖެހެވުނެވެ. ލިބުނު ޙައިރާން ކަމާއެކު ފާތިޙް ގާތު އެތެރެއަށް ވަންނަން ވެސް ބުނަން ނޭނގުނެވެ. ފާތިޙުގެ މޫނު މަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ލިބުނު ޝޮކުގެ ސަބަބުން އެކަމެއްވެސް އަރޫޝާއަކަށް ފާހަގައެއް ނުކުރެވުނެވެ. " ވަދޭ އެތެރެއަށް" އަރޫޝާ ބުނެލިއެވެ. " އަހަރެންނަށް މިތަނަށް ވަދެވޭކަށް ނެތް. އަހަރެންގެ ދަރިފުޅު އުރާލަން ދޭންވީނުން" ފާތިޙް ބުނެލިއެވެ. " ދެން ވަދެބަލަ' މިދަންވަރު ބޭބީ ބޭރަށް ނެރޭކަށް ނުވާނެ" އަރޫޝާ ބުނެލިއެވެ. " އެހެންވިޔަސް ހެޔޮ. އަހަރެން ތިޔަ ކޮޓަރިިއަކަށް ނުވަންނާނަން. އެކަމަކު އަހަރެންގެ ދަރިފުޅު ހޯދަން އަންނާނަން" ފާތިޙް މިހެން ބުނެލުމާއެކު ހިނގައްޖެއެވެ. އަރޫޝާ ހުރީ ވާނުވާ ނޭނގޭ ގޮތެއްގައެވެ. ހިތުގައި ޝައްކުތަކެއް އުފެދިއްޖެއެވެ. ފާތިޙް ދަންވަރުގެ މިގަޑީގައި އަތުވެދާނެބާއެވެ. ފާތިހް ރުޅިއައިސްފައި ހުރީ ކީއްވެބާއެވެ؟އަރޫޝާ ދޮރު ލެއްޕުމަށްފަހު ވަދެ ދަރިފުޅު ކައިރީގައި އިށީނދެލިއެވެ. އަދި އުރާލިާ ބައްދާލިއެވެ. އެއަށްފަހު އަރޫޝާގެ ފޯނުނަގާ އާދިލްއަށް ގުޅުމަށްފަހު ފާތިޙް ކޮބައިތޯ އެހިއެވެ. ފާތިޙްވީ އިންޑިޔާގައި ކަމަށާއި، މިހާރު ދިރިއުޅެނީ އިންޑީޔާގައި ކަމށް އާދިލް ބުނުމުން އަރޫޝާއަށް ކުއްލި ޝޮކެއް ލިބުނެވެ. އޭނާގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަކަހަލައެވެ.ދެފައި ތުރުތުރު އަޅަން ފެށިއެވެ. އަރޫޝާ އިންތިޒާރުކުރަމުން ގެންދިޔައީ އިރުއަރާނެ ވަގުތަކަށެވެ. އިރު އެރުމުން އަރޫޝާ ގޮސް އަރޫޝާގެ މަންމަ ކޮޓަރީގައި ތަކި ޖަހާލުމުން މަންމަ ދޮރުހުޅުވިއެވެ. އަދި ކަންހިނގި ގޮތް ކިޔާިދނެވެ. މަންމަ އަވަސްވެގަތީ ކުޑަދަރިފުޅު ދެކެލުމަށެވެ. އަދި އެއަށްފަހު ގޮސް ފަންޑިތަ ހަދާ މީހެއް ގެނެސް އަރޫޝާގެ ހަށިރައްކަލަށް ތަވިދެއް އަޅުވާދިނެވެ. އަރޫޝާއަށް ގުޅުން ހިންގިފައިވަނީ ޖިންނި އަކާއެކު ކަމަށާއި ، ޖިންނި މިހާރު ބޭނުންވަނީ ދަރިފުޅު ގެންދަން ކަމުން ދަރިފުޅު ގެންދިއުމަށް އަރޫޝާއަށް ކޮންމެފަދަ ކަމެއްވެސް ޖިންނި ކޮށްފާނެތީ ތަވީދު ނުނެގުމަށް މަންމަ އެދުނެވެ. ކޮންމެއަކަށް ޖެހިގެން އައި ހުކުރުވިލޭރޭ އަރޫޝާ ފެންވަރަންވެގެން ތަވީދު ނަގާ ފާޙާނާގެ ތެރޭގައި ބޭއްވުމަށްފަހު އަޅަން ހަނދާނެއް ނެތެވެ. އަރޫޝާ ފެންޑާއަށް ނިކުމެ ދަރިފުޅު ގޮވައިގެން އިންދާ ފާތިޙްގެ ިސފައިގައި އައި ޖިންިނި އައިސް ދަރިފުޅު ދިނުމަށް އެދުނެވެ. އެވަގުތު އަރޫޝާ ޖިންނިއާއި ދިމާލަށް ބުނެލިއެވެ!" ކަލޭ ކުރަން ބޭނުންކަމެއް ކުރަން އާދޭ! މަށާ ގާތްވާކަށް ނުކެރޭނެ! ދަރިފުޅެއްވެސް ނުދޭނަން! ކީއްކުރާނަމޭ ހިތާ ތިިއުޅެނީ؟ ކަލޭ މަގޭ އިއްފަތްތެރިކަން ފޭރިގަނެ މަގޭ މުޅިރަށަށް ފަޟީހަތްކުރިއިރު ކަލޭގެ ލަދު ކޮބާ؟ " އަރޫޝާ އެއްޗެތި ކިޔަމުން ގެންދިޔަވަރަަށް ޖިންނީގެ ލޯދިޔައީ ރަތްވަމުންނެވެ'" ކަލޭ ވިހެއިކަމެއް އެއްވެސް މީހަކަށް ނޭނގޭނެ. ކޮންދޮގެއް. ބުނަން ކަލޭ މަށަށް ދަޢުވަތު ދިނީ. ކަލޭ ދިން ދަޢުވަތަކަށް އަހަރެން ކަލޭ ކައިރިއަށް ދިޔައީ! މިރޭ އަހަރެންދާނީ އަހަރެންގެ ދަރިފުޅު ގޮވައިގެން" ޖިންނި ބުނެލިއެވެ. އެހެންބުނުމާއެކު ކުއްލިއަކަށް އަރޫޝާގެ އުނގުގައި އޮތް ދަރިފުޅު ގެއްލުނެވެ. އަރޫޝާ ހަޅޭއްލަވަން ފެށިއެވެ.ހަމައެއާއެކު ތަންދޮރު ކުޑަވެ އޭނާ ވެއްޓިއްޖެއެވެ. އެތަނަށް އެންމެ ފުރަތަމަ އާދެވުނި އޭނާގެ މަންމައަށެވެ. މަންމަ ނިކުމެ ދޮރުމަތިީގައި ހުރެ އަވަށްޓެރިންނަށް ގޮވާ ގެއަށް ޖަމާ ކުރިއެވެ. އަދި އަވަހަށް އަރޫޝާ ހޮސްޕިޓަލަށް ގެންދިޔައެވެ.ޑޮކްޓަރުން ބަލާފައި އެއްވެސް ކަމެއް ނެތް ކަމަށްބުނުމުން ގެއަށް ގެންގޮސް ފަންޑިތަ ހަދާ މީހާ ގެނައުމުން އޭނާ ކިޔެވެލި ކިޔެވުމަށްފަހު ބުނީ މިހާރު ޖިންނި ދިމާކޮށްފައި ހުރީ އަރޫޝާ އާއި ކަމަށާއި އޭނާ ދޫކޮށްލުމަށް ޖިންނި ބޭނުންނުވާ ކަމަށެެވެ. އަދި ޖިންނި ބޭނުންވަނީ އަރޫޝާގެ މަރު ކަމަށްވެސް ފަނޑިތަ ހަދާ އިދުރީސްބެ ބުންޏެވެ. މާގިނަ ދުވަހެއް ނުވެ ކޯމާއެއްގައި އޮވެ އަރޫޝާ މިދުނިޔެ ދޫކުރީ އޭނާގެ މަންމަ އެކަނިވެރިކޮށްފައެވެ.

comment ކޮމެންޓް