ބޭނުންވާތަކެތި
- 500 ގ. ލޭޑިޒް ފިންގަރ
- 3 ފިޔާ ( ހިމުންކޮށް ކޮށާފައި)
- 4 ލޮނުމެދު ( ފަޅިފަޅިކޮށްފައި)
- 2 ރޯމިރުސް( ކޮށާފައި)
- 3 /1 ސައިސަމުސާ ރީނދޫ
- 1 ސައިސަމުސާ މަސްޓަރޑް ސީޑްސް
- 3 ހިކަނދިފަތް، ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ލޭޑީޒް ފިންގަރތައް 1 އިންޗީގެ ދިގުމިނަށް ބުރިބުރިކޮށްފައި ދޮވެފައި ބަހައްޓާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، މިރުސް،ސީޑްސް، ހިކަނދިފަތް، އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ ބާކީހުރި ހުރިހާބަވަތްތައް އެއްކޮށްއަޅާފައި މަޑުގިނީގައި ރޯފިލަންދެން ކައްކާށެވެ. ދޭތެރެދޭތެރެއިން ދޭފަތުން ހަލަމުންދާށެވެ.