ސަން ބަދިގެ: ވެޖްޓަބްލް ފްރައިޑް ރައިސް

ބޭނުންވާތަކެތި

  • 2 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)
  • 1 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ލޮނުމެދު އަދި އިނގުރު (ޗިސްކޮށްފައި ހުރި)
  • 1 ބިސް
  • 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1/2 ޖޯޑު ކެބެޖު (ހިމުންކޮށް ކޮށާފައި ހުރި)
  • 1/2 ޖޯޑު ގްރީން ބީންސް
  • 1 ސައި ސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައިހުރި)
  • 1/3 ދަޅު މަސް
  • 1 ސައި ސަމުސާ އަޖިނަމޮޓޯ
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • ތެޔޮ ފޮދެއް
  • ލޮނުކޮޅެއް
  • މަޑު މުށި ކުލަ ހިފާވަރަށް ސޯޔާ ސޯސް

ތައްޔާރުކުރާނެގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލުމަށްފަހު ހޫނުވީމާ ފިޔާ، ކެބެޖު، ކެރެޓް، މިރުސް އަޅާފައި ދޭފަތުން ހަލަމުން ގޮސް ކުޑަކޮށް މޯޅިވީމާ ބިސް ތަޅާފައި އަޅާލުމަށްފަހު އެތިއެތިކޮޅަށް ވެ ރޯފިލުމުން ބާކީހުރި ހުރިހާ ބާވަތް އެއްކޮށްފައި ބަތް ކޮޅު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

comment ކޮމެންޓް