ސަން ބަދިގެ: ޗިކަން އެންޑް މަޝްރޫމް ކެސެރޯލް

ސަން ބަދިގޭގައި މިފަހަރު ތައްޔާރު ކޮށްލާނީ، ހޫނުކޮށް ހުންނައިރު ބަތް ނުވަތަ ޕާސްޓާ އާއި އެކު ވަރަށް ކަމުދާނެ ރަހަމީރު ކެސެރޯލް އެކެވެ.

މީގައި ބޭނުން ކުރާ ޗިކަން ސްޓޮކް އަކީ ފިހާރަތަކުގައި ވިއްކަން ހުންނަ ޗިކަން ކިއުބް ބޭނުން ކޮށްގެން ތައްޔާލު ކޮށްލެވިދާނެ އެއްޗެކެވެ. ކުކުޅު ގަރުދިޔަ ނުވަތަ ކުކުޅު ސުރުވާވެސް ޗިކަން ސްޓޮކްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 5-4 ބޯންލެސް ޗިކަން ބްރެސްޓްސް – އެއް އިންޗީގެ ބޯމިނަށް ދިގުކޮށް ކޮށާފައި
  • ލޮނު
  • އަސޭ މިރުސް
  • 1 ޖޯޑު ފުށް – ކުކުޅުގައި ހޭކުމަށް
  • 6 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1/2 1 ޖޯޑު މަޝްރޫމް – ބޯކޮށް ފޮތިކޮށްފައި
  • 1 ފިޔާ – ކުދިކޮށް ކޮށާފައި
  • 3 ލޮނުމެދު – ގާނާފައި

ސޯސްގަނޑު ހެދުމަށް ބޭނުންވާ ތަކެތި:

  • 3 މޭޒުމަތީ ސަމްސާ ބަޓަރު
  • 3 މޭޒުމަތީ ސަމްސާ ފުށް
  • 1/2 1 ޖޯޑު ޗިކަން ސްޓޮކް
  • 1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
  • 1/4 މޭޒުމަތީ ސަމްސާ އަސޭމިރުސް
  • ލޮނު ކޮޅެއް
  • 1/2 ޖޯޑު ކިރު
  • 1/2 ހެވީ ކްރީމް

ހަދާނެގޮތް:

  1. ކުކުޅުކޮޅުގައި ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ހާކާލުމަށްފަހު ހިކިފުށުގެ ތެރެއަށްލާ ދެފުށުގައި ފުށްހާކާލާށެވެ.
  2. ތަވައެއްގެ ތެރެއަށް 3 ސަމްސާ ހުންނަހާ ތެޔޮ އަޅައި، ތެޔޮފޮދު ހޫނުވުމުން ކުކުޅުކޮޅު އޭގެތެއަށްލައިގެން މުށިކުލަ އަރަންދެން ދެފުށް ދެފުށަށް ޖަހާށެވެ.

މި މަރުހަލާގައި ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާކަށް ނުޖެހޭނެއެވެ. ސަބަބަކީ މި ޑިޝް އަދި އަވަނުން ފިހަންޖެހޭނެތީ އެވެ.

  1. ކުކުޅުކޮޅަށް މުށިކުލަ އެރުމުން ޓްރޭއެއްގައި އަތުރާލާފައި ބަހައްޓާށެވެ.
  2. ތަވައެއްގައި 3 ސަމްސާ ތެޔޮ ހޫނުކުރުމަށްފަހު މަޝްރޫމް، ފިޔާ އަދި ލޮނުމެދު ކޮޅުއަޅައިގެން ކުޑަކޮށް ހަނާކޮށްލާށެވެ.
  3. ޓްރޭގައި އަތުރާފައިހުރި ކުކުޅުކޮޅުގެ މައްޗަށް ހަނާކުރި މަޝްރޫމްކޮޅުވެސް އަޅާ، ރީއްޗަށް ފަތުރާލާށެވެ.
  4. ސޯސްގަނޑު ތައްޔާރު ކުރުމަށްޓަކައި، ހަމަ ކުރިން ބޭނުންކުރި ތަވާ ހޫނުކުރުމަށް ފަހު އޭގެތެރޭގައި ބަޓަރުކޮޅު ވިރުވާލާށެވެ. އެދި 3 ސަމްސާ ފުށް އެޅުމަށްފަހު މުށިކުލަ އަރަންދެން ހަލަމުން ގެންދާށެވެ.
  5. އޭގެ ތެރެއަށް ޗިކަން ސްޓޮކް، ލުނބޯ ހުތް، ލޮނު އަދި އަސޭމިރުސް އަޅާ ރަނގަޅަށް އޮމާންވަންދެން ހަލަމުންގެންދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ކިރާއި ހެވީ ކްރީމް އަޅައިގެން މަޑު ގިނީގައި ކައްކާލާށެވެ.
  6. ސޯސްގަނޑު ކެކުމުން ކުކުޅާއި މަޝްރޫމްތަކުގެ މައްޗަށް ސޯސްގަނޑު ރީއްޗަށް ފެތުރޭ ގޮތަށް އޮއްސާލާށެވެ. އަދި އެލްމިނިއަމް ފޮއިލް ބޭނުން ކޮށްގެން ރީއްޗަށް ޓްރޭ ބަންދު ކޮށްލާށެވެ.
  7. އެއަށްފަހު 350 ޑިގްރީ ފެރެންހެއިޓަށް އަވަން ހޫނުކުމަށްފަހު ޓްރޭ އަވަނަށްލައިގެން 45 މިނެޓްވަންދެން ފިހެލާށެވެ.

-- މައުލޫމާތު: ނަތާޝާ'ސް ކިޗަން

comment ކޮމެންޓް