ސަން ބަދިގެ: މަސްޓަރޑް ޕޮޓޭޓޯ

ބޭނުންވާ ތަކެތި

  • 1/2 ކިލޯ އަލުވި ލޮނުކޮޅަކާއި ރީނދޫކޮޅެއް ލައިގެން ރިހަޔަށް ކޮށާވަރަށް ކޮށާ މަޑުކޮށްފައި
  • 6 ކެޕްސިކަމް (ކަރު ނަގާ ކޮށާފައި )
  • 2 ޓޮމާޓޯ (ކޮށާފައި)
  • 4 ގްރީން ޗިލީ –ފެހި ދިގު މިރުސް (ހަނިދިގަށް ފަޅި ފަޅިކޮށްފައި)
  • 1/4 ފަޅި ގިތެޔޮ މިރުސް (ކޮށާފައި)
  • 1 ސައި ސަމުސާ މަސްޓަރޑް ކްރީމް
  • 2 ފިޔާ ބޮޑެތި ކޮށް ކޮށާފައި
  • 3 ހިކަނދިފަތް
  • 2 ލޮނުމެދު (ހަނިދިގަށް ފަޅި ފަޅި ކޮށްފައި)
  • 1 ސައިސަމުސާ އިނގުރު (ޗިސްކޮށްފައި ހުރި)
  • 1 ސައި ސަމުސާ އަޖިނަމޮޓޯ
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • ލޮނުކޮޅެއް
  • ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލުމަފަހު ތެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް، ހިކަނދިފަތް، އަޅާލާފައި ފިޔކޮޅު މޯޅިވަންދެން މަޑު ގިނީގައި ދޭފަތުން ހަލަމުންދާށެވެ. ފިޔާކޮޅު މޯޅިވީމާ ފަހަރަކު ބާވަތެއް އަޅާފައި ރަހަ ހިފާވަރު ވުމުން އުނދުންމަތިން ބާލާށެވެ.

comment ކޮމެންޓް