ޕާކިސްތާނުން ރާއްޖެ އަށް ތިން މިލިއަން ޑޮލަރުގެ މާލީ އެހީއެއްދީފި

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެ އަށް އެކި ކަންކަމުގައި ބޭނުންކުރުމަށް 3.1 މިލިއަން ޑޮލަރު (47.80 މިލިއަން ރުފިޔާ)ގެ އެހީއެއް ފޯރުކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެހީގެ ޗެކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ޕާކިސްތާނު ސަރުކާރުގެ ފަރާތުން އެ އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ ޕާކިސްތާނު ހައިކޮމިޝަނަރު ޝާހިދު މަހުމޫދު އެވެ.

ޕާކިސްތާނު ސަރުކާރުން އެ އެހީ ރާއްޖޭގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައި ވަނީ ދެ ކަމަކަށެވެ. އެއީ މާލޭ ވޯޓާ ކްރައިސިސް ފަންޑުގެ ދަށުން ވޯޓާ ސްޓޯރޭޖް ޓޭންކް ގަތުމަށާއި އެތަކެތި ރާއްޖެއަށް ގެނައުން އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ މަރާމާތުގެ މަސައްކަތަށެވެ. އެއީ ރައީސް ޔާމީން ޕާކިސްތާނަށް ކުރެއްވި ދަތުރުގެ ތެރެއިން ނިންމެވި ނިންމުމެކެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ، ޕާކިސްތާނުން ރާއްޖެއާ މެދު ބާއްވަމުން އަންނަ ގުޅުމަށް ޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޕާކިސްތާނު ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށާއި އެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އިން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޕާކިސްތާނު ހައިކޮމިޝަނަރު ޝާހިދު މަހުމޫދު ވިދާޅުވީ، ރާއްޖޭގައި މިހާރު މަޖިލިސް ކުރަމުން އަންނަ ގެއަކީ މީގެ 17 އަހަރު ކުރިން އިމާރާތްކޮށްފައިވާ ތަނަކަށްވާ އިރު އެތަން މަރާމާތު ކުރުމަށް އެ އެހީގެ ދަށުން ދެ މިލިއަން ޑޮލަރު ހަދިޔާކުރާ ކަމަށެވެ. އަދި ބާކީ ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑަށް ކަމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭނާ ވިދާޅުވީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ 49 އަހަރުވީ ގުޅުން އިތުރަށް ދަމަހައްޓައި އެކުވެރިކަން ބަދަހިކުރުމުގައި އެ ގައުމުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނެ ކަމަށެވެ.

comment ކޮމެންޓް